Advertisement

އޮބާމަޔަންގެ ޑީލްގައި ޗެލްސީ އަށް ކުރިއެރުންތަކެއް

23 އޮގަސްޓު 2022 - 09:39 0


އޮބާމަޔަންގެ ޑީލްގައި ޗެލްސީ އަށް ކުރިއެރުންތަކެއް

23 އޮގަސްޓު 2022 - 09:39 0

ބާސެލޯނާ (އޮގަސްޓް 23) - ބާސެލޯނާ އަށް ކުޅެމުން އަންނަ ގެބޮންގެ ފޯވާޑް، ޕިއޭ އެމެރިކް އޮބާމަޔަން ގަންނަން ޗެލްސީން ކުރަމުން އަންނަ މަސައްކަތުގައި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މާލީ މައްސަލަތަކަށް ހައްލެއް ހޯދަން ޖެހިފައިވާ ބާސެލޯނާ އިން އޮބާމަޔަން، 33، ދޫކޮށްލަން ޖެހޭ ކަމަށް ނުސީދާ ގޮތަކަށް ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ވެސް ވަނީ ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފަ އެވެ.

ބާސެލޯނާ އިން ގަތް ފްރާންސް ޑިފެންޑަރު ޖޫލްސް ކޫންޑޭ، ރަޖިސްޓްރީކުރަން އެ ޓީމުން ކުޅުންތެރިން ވިއްކާލަން ޖެހޭއިރު، އެ ޓީމުން ދޫކޮށްލާނެ ކަމަށް ބެލެވެނީ އޮބާމަޔަން އާއި މެމްފިސް ޑިޕާއި އެވެ. ޑިޕާއި ބަދަލުވާނީ ޔުވެންޓަސް އަށް ކަމަށް ބެލެވޭއިރު، އޮބާމަޔަން ހޯދުމުގެ ރޭހުގައި މި ވަގުުތު އޮތީ ހަމައެކަނި ޗެލްސީ އެވެ.

އެތުލެޓިކޯ މެޑްރިޑްގެ ފޯވާޑް، އަލްވާރޯ މޮރާޓާ އަލުން ޗެލްސީ އަށް ގެންދަން އުޅޭ ކަމަށް މީޑިއާގައި ވާހަކަ ދެކެވުނު ނަމަވެސް ޗެލްސީން އެ ޑީލް މަޝްވަރާ ނުކުރާ ކަމަށް އެ ކްލަބްގެ އޮފިޝަލަކާ ހަވާލާދީ އިނގިރޭސި މީޑިއާ އިން ވަނީ ރިޕޯޓްކޮށްފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ޗެލްސީން މިހާރު މަޝްވަރާ ކުރަމުން އަންނަނީ އޮބާމަޔަން ގަންނަ ޑީލްގެ ތެރެއިން މާކޯސް އަލޮންސޯ ބާސެލޯނާ އަށް ދޫކޮށްލުމަށެވެ. އަލޮންސޯ ނުލައި، އެ ޑީލް ނިންމަން ޗެލްސީން 25 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ އެވެ. އެކަމަކު، އަލޮންސޯ ހިމަނައިގެން އޮބާމަޔަން ގެންނަ ނަމަ ޗެލްސީން ދޭން ޖެހޭނީ 15 މިލިއަން ޑޮލަރު ކަމަށް ސްޕެއިނުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ޖެނުއަރީ މަހު އާސެނަލް ދޫކޮށް ބާސެލޯނާ އަށް ބަދަލުވި އޮބާމަޔަން ވަނީ އެ ކްލަބާ އެކު 2025 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް ކޮންޓްރެކްޓް ހަދައިފަ އެވެ. މިހާތަނަށް ބާސެލޯނާ އަށް ކުޅެދިން 24 މެޗުން އޮބާމަޔަން ވަނީ އެ ޓީމަށް 13 ގޯލު ޖަހައިފަ އެވެ.