22 އޮގަސްޓު 2022 - 14:42 0
22 އޮގަސްޓު 2022 - 14:42 0
ހިނގަމުން މިދަނީ ބައިސްކޯފަށް އުފާވެރި ހަފްތާއެކެވެ. ދިވެހި މުނިފޫހިފިލުވުމުގެ ދާއިރާގައި ހުނަރުވެރިކަމުގައި ގުނާލެވޭ އުފެއްދުންތެރިންތަކެއްގެ އާ ކޮންޓެންޓް ލިބި، މި ސްޓްރީމިން ޕްލެޓްފޯމެއް ތިޔާގިވުމަކީ ހާއްސަ ސަބަބެކެވެ. އަމުދުން، ބައިސްކޯފު ބަލާ، ދިވެހި މުނިފޫހިފިލުވުމަށް ލޯބިކުރާ މީހުންނަށް ހަމަ އެހާ އުފާވެރި ހަބަރެކެވެ.
މި ހިމަނާލަނީ މި ހަފުތާގައި ބަލާލެވޭނެ އާ ސީރީޒް ތަކާއި ބައިސްކޯފަށް އަލަށް ތައާރަފްވާން ހުރި ސީރީޒްތަކާއި، މިއުޒިކަށް ޝައުގުވެރިވާ މީހުންނަށް އެ ޕްލެޓްފޯމަށް އަލަށް ރިލީޒްކުރި ޝަހީދު ލެގަސީގެ އަލްބަމާ ބެހޭ ބައެއް ވާހަކަތަކެވެ.
ޝަހީދު (ލެގަސީ) އަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ކުޅަދާނަ އަދި އެންމެ ހުނަރުވެރި އެއް ގިޓަރިސްޓެވެ. ބައިސްކޯފަށް ހޮނިހިރު ދުވަހު ނެރުނު އޭނާގެ 'ސްޓެޓިކް' އަކީ މިހާތަނަށް އޭނާ އުފައްދާ ފަސް ވަނަ ސޯލޯ އަލްބަމެވެ. މި އަލްބަމް ގައި ހަތް އިންސްޓްރޫމެންޓަލް ޓްރެކް ހިމެނެ އެވެ.
ކެތާސިސް، ޕެޑްރޮކްސް، ސްޓެސިސް، އިލީޒިއަން، ރެވަރީ، ސްޓެލިފައި އަދި އިތްރިއަލް ގެ ނަމުގައި ހިމަނާފައިވާ ހަތް ޓްރެކަކީ ވެސް މެޓަލް/ހެވީ މެޓަލް އަދި އިންސްޓްރޫމެންޓަލް މިއުޒިކަށް ލޯބިކުރާ މީހުންނަށް ކަމުދާނެ ޓްރެކްތަކެކެވެ.
މިއީ އޯކޭޒްއިންކާއި ބައިސްކޮފު ގުޅިގެން އުފައްދާފައިވާ 12 އެޕިސޯޑްގެ ސީރީޒެކެވެ. ސީރީޒްގެ ފުރަތަމަ އެޕިސޯޑް ދައްކާފައިވަނީ ރެ އެވެ. މުޅިން އާ ކޮންސެޕްޓަކަށް ގެނެސްދޭ މި ސީރީޒް އަކީ، މުޖުތަމައުގައި ހިނގަމުންދާ އެކި އިޖުތިމާއީ މައްސަލަތަކަށް އަލި އަޅުވާލާ ތުރިލާއެކެވެ. ކޮންމެ އާދީއްތަ ދުވަހެއްގެ ރޭ އާ އެޕިސޯޑެއް ނެރޭނެ އެވެ.
މަޝްހޫރު ލިޔުންތެރިޔާ އަދި ޑައިރެކްޓަރު މޫމިން ފުއާދު ލިޔެ ޑައިރެކްޓުކުރާ މި ސީރީޒް އަކީ ކްރައިމް ތުރިލާ އެކެވެ. ފަސް އެޕިސޯޑުގެ މި ސީރީޒް ސެޕްޓެމްބަރު މަހުން ފެށިގެން ބަލައިލެވޭނެ އެވެ.
ބައިސްކޯފާއި ޑާކްރެއިން އެންޓަޓެއިންމަންޓާއި ގުޅިގެން ގެނެސްދިނުމަށް ހަމަޖެހިފައިވާ ޑާކްރެއިން ކްރޮނިކަލްސް އަކީ ހަ އެޕިސޯޑުގެ އެންތޮލޮޖީ ސީރީޒްއެކެވެ. އަހުމަދު ތޮލާލް ލިޔެ ޝިފާއު އަލީ (ޗިއްޕެ) ޑައިރެޓްކުރާ މި ސީރީޒްއަކީ ބަދަލުހިފުން ދައްކުވައިދޭ ސީރީޒް އެކެވެ. މި ސީރީޒް ބައިސްކޯފުން ގެނެސްދޭން ފަށާނީ އަންނަ އޮކްޓޯބަރު މަހު އެވެ.
މޯބައިލް ފޯނާއި ޓީވީ އިން ބަލާލެވޭ ބައިސްކޯފު އެޕަކީ ރާއްޖޭގައި މިވަގުތު އެންމެ ކުރިއަރާފައިވާ އަދި އެންމެ ނަން ހިނގާ އެއް ސްޓްރީމިން ސްޓްރީމިން ޕްލެޓްފޯމެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment