Advertisement

އަލްޝާލީގެ ކެޓް އެކްސްޕްރެސް 55: ގުޑުން ކުޑަ، ބިޔަ ބޯޓެއް

20 އޮގަސްޓު 2022 - 08:40 0

އަމަން ހަލީމް

އަމަން ހަލީމް

މިނިގެން ދިޔަ މެރިން އެކްސްޕޯގައި ތައާރަފުކުރި އަލްޝާލީ މެރިން އިން އަލަށް އުފެއްދި، "ކެޓް އެކްސްޕްރެސް 55" ލޯންޗް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްލަވާ ލައްވަނީ. -- ފޮޓޯ: ރައީސް އޮފީސް


އަލްޝާލީގެ ކެޓް އެކްސްޕްރެސް 55: ގުޑުން ކުޑަ، ބިޔަ ބޯޓެއް

20 އޮގަސްޓު 2022 - 08:40 0

ބޯޓު ފަހަރާއި ލޯންޗު ބަނުމުގައި ފުންނާބު އުސް އަލްޝާލީ މެރިންއިން ކެޓް އެކްސްޕްރެސް 55 ތައާރަފުކޮށްފި އެވެ.

މިފަހުން ބޭއްވި މެރިން އެކްސްޕޯގައި އަލްޝާލީން ތައާރަފުކުރި މި އުޅަނދަކީ ރާއްޖޭގޭ މެރިން އިންޑަސްޓްރީގެ މިވަގުތުގެ ބޭނުންތަކަށް އެންމެ ފުދޭ ވަރުގެ އުޅަނދެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިގުމިނުގައި 55 ފޫޓުގެ މި ބޯޓަކީ ދަތުރުފަތުރަށް ހާއްސަ ބޯޓުތަކުގެ ތެރެއިން މި ވަގުތު ބާޒާރުގައި ލިބެން ހުރި އެންމެ ބޮޑު އެއް ބޯޓެވެ. އާންމުކޮށް ލިބެން ހުންނަނީ 48 ފޫޓާއި 51 ފޫޓުގެ ބޯޓެވެ.

މިއީ ކެޓް ހަލް ފަރުމާގެ ބޯޓެކެވެ. މި ފަރުމާ ހިޔާރުކުރުމާ ގުޅިގެން އަލްޝާލީ މެރިން މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރ އިސްމާއިލް ޝަރީފް "އަދަދު" ނޫހަށް ވިދާޅުވީ، އާންމުކޮށް ބޭނުންކުރާ "މޮނޯ" ހަލްއަށް ވުރެ "ކެޓް" ހަލްތަކުގެ "ސްޓެބިލިޓީ" ރަނގަޅު ކަމަށް މެރިން އިންޑަސްޓްރީގެ ގިނަ މީހުން ގަބޫލުކުރާ ކަމަށެވެ.

"މިހާރު ރާއްޖޭގެ މާކެޓަށް ވެސް ކެޓް ހަލް ބޭނުންކުރަން ފެށުމުގެ އިތުރަށް، މެރިން އިންޑަސްޓްރީގެ ގިނަ މީހުން ގަބޫލުކުރޭ މޮނޯ ހަލްއަށް ވުރެ ކެޓް ހަލްގެ ސްޓެބިލިޓީ ރަނގަޅުކަމަށް" ޝަރީފު ވިދާޅުވި އެވެ.

ކެޓް އެކްސްޕްރެސް 55

  • ދިގުމިން – 55 ފޫޓު
  • ސީޓިން ކެޕޭސިޓީ – ގިނަވެގެން 70 ގޮނޑި
  • އިންޖީނު – 1400 ހޯސްޕަވަރުގެ އިންބޯޑް ޑީސަލް އިންޖީނެއް
  • ދުވެލި- 32 ނޮޓު

މި ބޯޓުގައި ގިނަވެގެން ޖެހެނީ 70 ގޮނޑި އެވެ. ބޭނުންނަމަ ވީއައިޕީ ކޮންސެޕްޓަށް ބޭނުން ގޮތަކަށް ކަސްޓަމައިޒް ކޮށްލެވެ އެވެ.

ޝަރީފު ވިދާޅުވި ގޮތުގައި ބޯޓުގައި 1000 ހޯސްޕަވަރުގެ ދެ އިންޖީނު އަޅައިގެން 40 ނޮޓުގައި މި ބޯޓު ދުވާނެ ކަމަށެވެ. މިހާރު އަޅާފައިވާ 1400 ހޯސްޕަވަރުގެ އިންޖީނުގައި 32 ނޮޓު ދުވެ އެވެ.