Advertisement

ވަގަށް ނަގާފައިވާ ޕިކާސޯގެ ކުރެހުމެއް ފެނުނީ އިރާގުގެ ގޭންގެއްގެ އަތުން

17 އޮގަސްޓު 2022 - 07:46 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޕަބްލޯ ޕިކާސޯގެ ކުރެހުމެއް.


ވަގަށް ނަގާފައިވާ ޕިކާސޯގެ ކުރެހުމެއް ފެނުނީ އިރާގުގެ ގޭންގެއްގެ އަތުން

17 އޮގަސްޓު 2022 - 07:46 0

ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ޕިކާސޯގެ ކުރެހުމެއް އިރާގުގައި މަަސްތުވާތަކެތީގެ ވިޔަފާރި ކުރާ ގޭންގެއްގެ އަތުން ފެނިއްޖެ އެވެ.

އިރާގުގެ އިންޓީރިއާ މިނިސްޓްރީން ބުނީ އެތައް މިލިއަން ޑޮލަރުގެ އަގުހުރި އާޓްވޯކް ފެނުނީ މިދިޔަ ހޮނިހިރު ދުވަހު ހިންގި އޮޕަަރޭޝަނެއްގައި ކަމަށެވެ.

އެ އޮޕަަރޭޝަނުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމަތުގައި ތިން މީހަކު ހަައްޔަރު ކުރި އެވެ. އެ ގޭންގުގެ އަތުން ފެނުނު އާޓްވޯކްއާ ގުޅޭ ތަފްސީލް ހާމައެއް ނުކުރެ އެވެ.

މީގެ ކުރިން ވެސް ޕިކާސޯގެ ބަައެއް ކުރެހުންތައް އިރާގުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.

އެގޮތުން 2009 ވަނަ އަހަަރު ބަގްދާދުގައި ޕިކާސޯގެ އާޓްވޯކެއް 450،000 ޑޮލަރަަށް ވިއްކަން އުޅުނު މީހަކު ހައްޔަރު ކުރި އެވެ.

އޭނާ ވިއްކަަން އުޅުނު ކުރެހުމަަކީ 1990 ވަނަ އަހަރު އިރާގުގެ ކުރީގެ ލީޑަރު ސައްދާމް ހުސެއިންގެ ވެރިކަމުގައި އިރާގު ސިފައިން ކުވެއިތަށް އަރައި ހިންގި ކަންކަމުގެ ތެރެއިން ކުވެއިތުގެ ގައުމީ މިޔުޒިއަމުން ވަގަށް ނެގި ކުރެހުމެއް ކަމަށް އަޑު ފެތުރުނެވެ.

އެހެން ނަމަވެސް ކުވެއިތުގެ ގައުމީ މިޔުޒިއަަމް އާއި ޕެރިސްގެ ލޫވާ މިޔުޒިއަމުން ވެސް ބުނީ އެއީ ދޮގެއް ކަމަށާއި އެ ކުރެހުމަކީ ފޭކެއް ކަމަށެވެ.

ޕަބްލޯ ޕިކާސޯއަކީ ސްޕެއިންގެ ފަންނުވެރިޔެކެވެ. އޭނާގެ މަސައްކަތަށް ބޮޑު މަގްބޫލްކަމެއް ލިބިފައިވާ އިރު، އެ ތަކެތި ބޮޑު އަގުގައި ވިކެ އެވެ.