Advertisement

މަންކީޕޮކްސްއަށް ޓެސްޓުކުރަން އައިޖީއެމްއެޗް ތައްޔާރުކުރަނީ

14 އޮގަސްޓު 2022 - 12:03 0

ނިމާ ހަސަން

ނިމާ ހަސަން


މަންކީޕޮކްސްއަށް ޓެސްޓުކުރަން އައިޖީއެމްއެޗް ތައްޔާރުކުރަނީ

14 އޮގަސްޓު 2022 - 12:03 0

މަންކީޕޮކްސްއަށް ޓެސްޓުކުރަން އައިޖީއެމްއެޗްގެ ލެބޯޓްރީ ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭގެ އޮފިޝަލަކު 'އަދަދު' އަށް ވިދާޅުވީ، ގައިންގަޔަށް އަރާ ބަލިތަކަށް ޓެސްޓު ކުރެވޭނީ އެކަމަށް އެކަށީގެންވާ ލެބްތަކުގައި ކަމަށެވެ. އެގޮތުން މިވަގުތު ރާއްޖޭގައި މަންކީޕޮކްސްއަށް ޓެސްޓު ކުރުމަށް ރާވާފައި ވަނީ އައިޖީއެމްއެޗުގައި ކަމަށާއި، އެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ރާއްޖޭގައި މަންކީޕޮކްސްއަށް ޓެސްޓުކުރަން ފެށުމަށް ޓެސްޓު ކިޓު ހޯދުމާއި، ޓެސްޓިން ސެޓަޕް ކުރުމަށް އެހެނިހެން ތަކެއްޗާއި ކަންކަން ބޭނުންވާ ކަމަށެވެ. އެހެންކަމުން އައިޖީއެމްއެޗުގައި ޓެސްޓު ކުރަން ފެށޭނީ އެކަންކަން ފުރިހަމަވުމުން ކަން އޭނާ ފާހަގަކުރެއްވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ގައިންގަޔަށް އަރާ ބަލިތަކަށް ޓެސްޓުކުރުމުގެ ކަންކަން ހަމަޖައްސަނީ އެޗްޕީއޭއާ ގުޅިގެން، އެޗްޕީއޭގެ ބެލުމުގެ ދަށުން އެކަށީގެންވާ މިންވަރަށް ބައޯސޭފްޓީ ލެވެލްސް ހުރި ލެބްތަކުގައި ކަމަށެވެ.

ގައިންގަޔަށް އަރާ ބަލިތަކަށް ޓެސްޓު ކުރުމުގެ އިންތިޒާމް ހަމަޖައްސަނީ އެކަމަށް އެކަށީގެންވާ ލެބޯޓްރީތަކުގައި ކަމަށް އެޗްޕީއޭއިން ބުނެފައިވީ ނަމަވެސް، ކޮވިޑްގެ ބަލިމަޑުކަމާއެކު، ރާއްޖޭގެ ގިނަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ވެސް އެ ބައްޔަށް ޓެސްޓުކޮށްފައި ވެއެވެ.

ރާއްޖޭގައި މަންކީޕޮކްސްއަށް ޓެސްޓު ކުރުމުގެ ހިދުމަތް އަދި ގާއިމްވެފައި ނެތް ނަމަވެސް, މިިދިޔަ ޖުލައި މަހު 31ގައި ޑަބްލިއުއެޗްއޯއިން ވަނީ އެ ބައްޔަށް ޓެސްޓުކުރާ 250 ޓެސްޓުކިޓު ރާއްޖެއަށް ހަދިޔާކޮށްފަ އެވެ. އެ ޓެސްޓު ކިޓުތަކާ ހަވާލުވުމުގެ ރަސްމިއްޔަތަށްފަހު ހެލްތް މިނިސްޓްރީން ބުނީ ރާއްޖޭގައި މަންކީޕޮކްސްގެ ކޭސްތައް ތަހުގީގު ކުރުމާއި، ކޮންޓެކްޓް ޓްރޭސް ކުރުމުގެ އިތުރުން ޓެސްޓު ކުރުމާއި، ބަލީގެ ނުރައްކާތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމުގެ ގާބިލުކަން އެބަހުރި ކަމަށެވެ.

ބަލީގެ އަލާމާތްތަކަކީ ކޮބާ؟

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ފުރަތަމަ ހުން އައުން، ގައިގައި ރިއްސުން، ވަރަށް ބޮޑަށް ވަރުބަލިވުން، ބޮލުގައި ރިއްސުން އަދި ކަރުގަ އާއި، ކިހިލީގައި ނުވަތަ އުކުޅުވަޅުގައި ގޮށްލުން ހިމެނޭ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އެއަށްފަހު އެއް ދުވަހާއި ހަތަރު ދުވަހުގެ ތެރޭގައި ހަށިގަނޑުގައި ބިހިތައް ނަގަ އެވެ.

މި ބިހިތައް ފުރަތަމަ ނަގާއިރު ހުންނަނީ ފަތިކޮށެވެ. އެއަށް ފަހު ފެން ފޮޅަށްވެ، އޭގައި ދޮސް ލައި، އެ ފަޅައިގެން ގޮސް ކުރަލަ އެވެ. ކުރައިގެ ދަށުން އާ ހަންގަނޑު އުފެދި، ކުރަ ވެއްޓެން ދެން ބަލި އެހެން މީހުންނަށް ފެތުރުމުގެ ފުރުސަތު އޮވެ އެވެ.