Advertisement

އެސްޓީއޯގެ ޑިޖިޓަލް ބޭންކަށް ހުއްދަ ހޯދަން އަލުން ހުށަހަޅަނީ

12 އޮގަސްޓު 2022 - 15:40 0

ނިމާ ހަސަން

ނިމާ ހަސަން

އެސްޓީއޯގެ އެމްޑީ ހުސެއިން އަމްރު؛ އެސްޓީއޯއިން އަލުން ޑިޖިޓަލް ބޭންކިން ލައިސަންސަށް އެދުމަށް ވަނީ ނިންމާފައި -- ފޮޓޯ: އަދަދު


އެސްޓީއޯގެ ޑިޖިޓަލް ބޭންކަށް ހުއްދަ ހޯދަން އަލުން ހުށަހަޅަނީ

12 އޮގަސްޓު 2022 - 15:40 0

އެސްޓީއޯއިން ހުޅުވަން މަސައްކަތް ކުރަމުން އަންނަ ޑިޖިޓަލް ބޭންކަށް "އިވޯލްވް" އަށް ބޭންކިން ލައިންސަންސް ހޯދުމަށް އަލުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނީގެ އެމްޑީ ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.

އަމްރު ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން އިވޯލްވްގެ ބޭންކިން ހުއްދައަށް އެދި ހުށަހަޅާނެ ކަމަށެވެ. އަދި, ލައިސަންސް ލިބުމުން ހަ މަސް ތެރޭގައި ހިދުމަތް ދޭން ފަށާނެ ކަމަށް އަމްރު ވިދާޅުވި އެވެ.

އެސްޓީއޯއިން ވަނީ ރާއްޖެއަށް ޑިޖިޓަލް ބޭންކިން ތައާރަފުކުރުމަށް، އިވޯލްވްއަށް ބޭންކިން ހުއްދަ ހޯދުމަށް މިދިޔަ ސެޕްޓެމްބަރު މަހު ވެސް އެމްއެމްއޭގައި އެދިފަ އެވެ. ނަމަވެސް ޓެކްނިކަލް އިވެލުއޭޝަނުން ހުށަހެޅުން ފެއިލްވުމާ ގުޅިގެން އެސްޓީއޯއަށް ބޭންކިން ހުއްދަ ނުދޭން އެމްއެމްއޭގެ ބޯޑުން ވަނީ އެދިފަ އެވެ.

އެސްޓީއޯއިން ޑިިޖިޓަލް ބޭންކިިންއަށް ނިކުންނަން ވިސްނީ އެ ކުންފުނިން ހެދި ދިރާސާއަކުން މިކަމަށް ދިވެހިންގެ މެދުގައި ބޮޑު ޑިމާންޑެއް އޮތް ކަމަށް ދައްކާތީ އެވެ. ސީޑީއީ ކޮންސަލްޓިންއާ ގުޅިގެން ކުރިޔަށް ގެންދިޔަ އެ ދިރާސާގެ އިތުރުން އެސްޓީއޯއިން ޑިޖިޓަލް ބޭންކަށް ހުށަހެޅުމުގެ ކުރިން ބޭރު ބަޔެއްގެ ކޮންސަލްޓަންސީ ވެސް ހޯދި އެވެ.