Advertisement

ޕޯސްޓްމޯޓަމް ހަދަން ޝިއާގެ ހަށިގަނޑު މިއަދު އިންޑިއާއަށް ފޮނުވަނީ

11 އޮގަސްޓު 2022 - 12:17 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޝިއާއު މުހައްމަދު ސައީދު (ޝިއާ) މަރާލި އެޕާޓްމަންޓުން ފުލުހުން ބައެއް ތަކެތި ނެރެނީ - ފޮޓޯ: އަބްދުﷲ އިޔާން | އަދަދު


ޕޯސްޓްމޯޓަމް ހަދަން ޝިއާގެ ހަށިގަނޑު މިއަދު އިންޑިއާއަށް ފޮނުވަނީ

11 އޮގަސްޓު 2022 - 12:17 0

ހ. ޝީރީންވިލާގައި ހޮނިިހިރު ދުވަހުގެ ރޭ ދަންވަރު މަރާލާފައިވާ އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދު (ޝިއާ) ގެ ހަށިގަނޑު ޕޯސްޓްމޯޓް ހެދުމަށްޓަކައި މިއަދުގެ ވަގުތެއްގައި އިންޑިއާއަށް ފޮނުވާނެ ކަން އެނގިއްޖެ އެވެ.

ފުލުހުންގެ އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި ޝިއާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވަނީ މިއަދުގެ ހަވީރުގެ ވަގުތެއްގަ އެވެ.

މި މައްސަލާގައި ހައްޔަރު ކުރި މީހަކީ ރާއްޖޭގެ ޒުވާން ސްކޭޓަރު އަލީ ޝާހިލް، 23، އެވެ.

ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރަން ކޯޓުން އަމުރުކުރި އިރު، ބަންދާ މެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުން ކުރިއަށް ގެންދިޔައީ ނޫސްވެރިންނާއި އާންމުން ނުވަދެވޭ ގޮތަށް ސިއްރުކޮށްގެންނެވެ.

ޝާހިލް ފިޔަވައި އިތުރު މީހަކަށް މި މައްސަލާގައި އަދި ތުހުމަތު ނުކުރެވޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ. ކުށުގެ ރެކޯޑެއް ވެސް މިހާތަނަށް ނެތް ޝާހިލް އެ ރޭ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޝާހިލް އަދި މިހާތަނަށް ޝިއާ މަރާލި ކަމަށް އެއްބަސްވެފައެއް ނުވެ އެވެ.

ޝާހިލްއަކީ 2017 ވަނަ އަހަރު ރާއްޖޭން ބޭރުގައި ބޭއްވި ސްކޭޓިން މުބާރާތަކުން އެއް ވަނަ ހޯދާފައިވާ ޒުވާނެކެވެ. ކުޅިވަރުގެ މަޝްހޫރު ސްޕޮންސަރު ރެޑްބުލްއާއެކު ވެސް މަސައްކަތް ކުރި އެވެ. ނަމަވެސް ފަހުން އެ ކުންފުނިން ޝާހިލްއާ ފެއަށް ޖެހިލި އެވެ.

މިހާތަނަށް އެނގިފައިވާ ގޮތުގައި ޝިއާ މަރާލުމަށްފަހު އޭނާގެ ހަށިގަނޑުގެ ބައެއް ގުނަވަންތައް ހުރީ ބުރިކޮށްފަ އެވެ. އެގޮތުން އޭނާގެ ބޮލާއި ދެ އަތް އަދި ދެ ފައި ބުރިކޮށްލުމަށް މަސައްކަތް ކޮށްފައިވެ އެވެ.