Advertisement

ބީއެމްއެލްގެ އެހީއާއެކު މާއުނގޫދޫގައި ސޯލާ މަގުބައްތި ހަރުކޮށްފި

11 އޮގަސްޓު 2022 - 11:35 0

ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ހަރުކުރި ސޯލާ މަގުބައްތިތައް--


ބީއެމްއެލްގެ އެހީއާއެކު މާއުނގޫދޫގައި ސޯލާ މަގުބައްތި ހަރުކޮށްފި

11 އޮގަސްޓު 2022 - 11:35 0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހިންގާ ކޮމިއުނިޓީ ފަންޑުގެ ދަށުން ށ. މާއުނގޫދޫގެ ބައެއް މަގުތަކުގައި ހަރުކޮށްފައި ހުރި މަގުބައްތިތައް ސޯލާ ހަކަތައިން ދިއްލޭ ގޮތަށް ބަދަލުކޮށްފި އެވެ.

ސޮސައިޓީ ފޯ މާއުނގޫދޫ ޔޫތު ލިންކޭޖް ގެ ފަރާތުން ހިންގި މި ޕްރޮޖެކްޓުގެ ދަށުން އެ ރަށު މީހުން އާބާދުވަމުންދާ ސަރަހައްދުގެ އިތުރުން އެހެން މަގުތަކުގައި 25 ބައްތި ވަނީ އިއާދަކުރަނިވި ހަކަތައަށް ބަދަލުކޮށްފަ އެވެ.

އަޅުގަނޑުމެންގެ އުންމީދަކީ މި ޕްރޮޖެކްޓާއެކު ރައްޔިތުންނަށް މިރަށުގެ މަގުތަކަކީ އަމާން ތަނަކަށްވެ އަދި ސޯލާ މަގުބައްތި ހަރުކުރުމުގެ ސަބަބުން އިޔާދަ ނުކުރެވޭ ހަކަތައަށް ކުރާ ހޭދަ ކުޑަވެ، ތިމާވެއްޓާ ރަށްޓެހި މުޖުތަމައަކަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދިޔުން،" މި ޕްރޮޖެކްޓާ ގުޅޭ ގޮތުން އެ ޖަމިއްޔާގެ ފަރާތުން މުހައްމަދު ޒާހިރު ވިދާޅުވި އެވެ.

މާއުނގޫދޫ މަގުބައްތިތައް


އޭނާ ވިދާޅުވި ގޮތުގައި މީގެ ކުރިން އެ މަގުތަކުގައި އަލިކަމެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ގިނަ ދަތިތަކެއް ކުރިމަތިވެ އެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ.

މިހާތަނަށް ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން 70 އަށް ވުރެ ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދެވިފަ އެވެ. ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރު އިތުރު 10 ޕްރޮޖެކްޓް އަށް އެހީތެރިކަން ފޯރިކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.