Advertisement

މޫދަށް ކުނި އަޅާ މައްސަލަައިގައި ތުލުސްދޫ ކައުންސިލް ޖޫރިމަނާކޮށްފި

10 އޮގަސްޓު 2022 - 22:41 0

އަމަން ހަލީމް

އަމަން ހަލީމް

ތުލުސްދޫގައި ގާޑިޔަލަކަށް ބަރުކޮށްގެން ކުނިތަކެއް ހިފައިގެން ދަނީ: ކުރިން ބޭނުންކުރި ޖެޓީ ކޮޅުން އާންމުކޮށް އުކާލަނީ އަވަހަށް ނެތިދާ ޒާތުގެ ކުނި. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު


މޫދަށް ކުނި އަޅާ މައްސަލަައިގައި ތުލުސްދޫ ކައުންސިލް ޖޫރިމަނާކޮށްފި

10 އޮގަސްޓު 2022 - 22:41 0

ތުލުސްދޫ މޫދަށް ކުނި އެޅި މައްސަލައިގައި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެ ރަށު ކައުންސިލްގެ އިދާރާ 45،000ރ. އިން މިއަދު ޖޫރިމަނާކޮށްފި އެވެ.

ތުލުސްދޫ ކައުންސިލް އިދާރާ ޖޫރިމަނާކުރީ، ރަށުގައި ބަހައްޓާފައި ހުރި ޑަސްބިންތައް އެރަށުގެ މޫދަށް ހުސްކުރާ މަންޒަރު ފެންނަ ވޯޑިއޯއެއް ދާދި ފަހުން ސޯޝަލް މީޑިއާގައި ދައުރުވުމާ ގުޅިގެން މައްސަލަ ބެލުމަށްފަހު އެވެ. މިއީ އެ ރަށުގައި ގެސްޓްހައުސް ހިންގާ މީހުންނާއި އާންމު ބައެއް ރައްޔިތުން ވެސް ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކޮށްފަިއވާ މައްސަލައެކެވެ.

އީޕީއޭއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ތުލުސްދޫގައި ބަހައްޓާފައި ހުރި ކާބޯތަކެތީގެ ކުނި އަޅާ ޑަސްބިންތަކުގައިވާ ކުނިތައް މޫދަށް އަޅަމުންދަނީ ކުނި މެނޭޖުކުރުމާބެހޭ ގަވާއިދާ ކަނޑައެޅިގެން ހިލާފަށް ކަމަށް ކަމަށެވެ.

އެރަށުގެ މީހަކު ބުނީ، ރައްޔިތުން މޫދަށް ކުނި އަޅަމުން ދިޔައީ ކައުންސިލުން ހުއްދަ ދީގެން ކަމަށެވެ.

މި މައްސަލައިގައި ޖޫރިމަނާ ކުރުމުގެ އިތުރުން ރަށު ފެންވަރުގައި ކުނި މެނޭޖުކުރުމުގެ ޕްލޭން 30 ދުވަހުގެ ތެރޭގައި ތައްޔާރުކޮށް ހުށަހެޅުމަށް ވެސް ވަނީ އަންގައިފަ އެވެ.