Advertisement

ޕްލާސްޓިކް މަދުކުރަން ތާޒާއިން ބިއްލޫރި ފުޅިތަކެއް ތައާރަފުކޮށްފި

10 އޮގަސްޓު 2022 - 18:51 0

އަމަން ހަލީމް

އަމަން ހަލީމް

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް "ޓާޒާ" ބްރޭންޑުގެ އާ ފުޅިތައް ތައާރަފުކޮށްދެއްވަނީ: މިއީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމުގެ ގޮތުން އައިލެންޑް ބެވަރޭޖަސްއިން ތައާރަފުކުރި ފުޅިތަކެއް. -- ފޮޓޯ: އައިލެންޑް ބެވަރެޖަސް


ޕްލާސްޓިކް މަދުކުރަން ތާޒާއިން ބިއްލޫރި ފުޅިތަކެއް ތައާރަފުކޮށްފި

10 އޮގަސްޓު 2022 - 18:51 0

ޕްލާސްޓިކް މަދުކުރަން ކުރަމުންދާ މަސައްކަތުގެ ތެރެއިން "ތާޒާ" ފެން އުފައްދާ އައިލެންޑް ބެވަރެޖަސް މޯލްޑިވްސްއިން "ޓާޒާ ވެށި" ކެމްޕޭން ފަށާ ބިއްލޫރި ފުޅިތަކެއް ބާޒާރަށް ނެރެފި އެވެ.

ތާޒާއިން ތައާރަފުކުރި އާ ޕްރޮޑަކްޓުތަކަކީ ޓާޒާ 5ޖީ (18.9 ލީޓަރުގެ ފެންފުޅީ) އަދި 500 މިލިލީޓަރާއި 1000 މިލިލީޓަރުގެ ބިއްލޫރި ފެންފުޅި އެވެ. މި ފެންފުޅިތައް އުފައްދާފައިވަަނީ އެއްފަހަރަށް ވުރެ ގިނަ ފަހަރު ބޭނުންކުރެވޭ ގޮތަށް, ދެމެހެއްޓެނިވި ގޮތަކަށް އެންމެ ފެންވަރު ރަނގަޅު ބޯފެން މާކެޓަށް ފޯރުކޮށްދެވޭނެ ގޮތަކަށެވެ.

މި އަހަރަކީ އައިލެންޑް ބެވަރޭޖަސްއަށް 20 އަހަރު ފުރޭ އަހަރެވެ. މިއާ އެކު އެ ކުންފުނިން ވަނީ ތިމާވެއްޓާ ރަހުމަތްތެރި, އަދި ދެމެހެއްޓެނިވި ތިމާވެއްޓަކަށް މަސައްކަތްކުރާ ކުންފުންޏަކަށް ވުމަށް އަމާޒުހިފާ މަސައްކަތް ފަށާފަ އެވެ.

އައިލެންޑް ބެވަރޭޖަސް އިން ބުނި ގޮތުގައި، އަލަށް ފެށި ކެމްޕެއިންގެ މަގުސަދަކީ އުކާލެވޭ ޕްލާސްޓިކްގެ މިންވަރު މަދުކުރުމުގެ އިތުރުން ދެވަނަ ފަހަރަށް ބޭނުންކުރުމުގެ ސަގާފަތް ކުރިއެރުވުމާއި ޕްލާސްޓިކް ނޫން ގޮތެއް ފޯރުކޮށްދިނުމުގެ ގޮތުން އާންމުންނަށް އާ ޕްރޮޑަކްޓުތަކެއް ތައާރަފުކޮށްދިނުން ކަމަށެވެ. އަދި މި ބަދަލާ އެކު އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރެވޭނެ ކަމަށް ބުންޏެވެ.

އެގޮތުން ކުރެވޭ އެންމެ ބޮޑު އެއް މަސައްކަތަކީ "ޓާޒާ ވެށި" ކެމްޕެއިނެވެ.

މި ކެމްޕެއިން ފައްޓަވައިދެއްވި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެސް ވަނީ މި ބަދަލަށް މަރުހަބާ ވިދާޅުވެ ޓާޒާގެ ޕްރޮޑަކްޓްތައް އުފެއްދުމުގައި ގިނަ ދުވަހު ބޭނުންކުރެވޭ ސަސްޓެއިނަބަލް މެޓީރިއަލްސް ބޭނުންކުރަން ފަށާފައިވާތީ އެކަމަށް ތައުރީފުކުރައްވާފަ އެވެ.

އައިލެންޑް ބެވަރޭޖަސް މޯލްޑިވްސްއަކީ ސަރުކާރު ހިއްސާވާ ފެން ކުންފުނީ މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ 51 ޕަސެންޓު ހިއްސާއާއެކު ޗަމްޕާ ބްރަދާސް މޯލްޑިވްސްއާ ގުޅިގެން ހިންގާ ޕްރައިވެޓް ކުންފުންޏެކެވެ. އެ ކުންފުނީގެ ފެން އުފައްދާ ކާރުހާނާތައް ހުންނަނީ މާލެ ސިޓީ އަދި ކުޅުދުއްފުށި ސިޓީގަ އެވެ.