Advertisement

މަންކީޕޮކްސް ފެތުރޭތީ ބްރެޒިލްގައި ރާމާމަކުނަށް ހަމަލާދޭ މައްސަލައެއް

10 އޮގަސްޓު 2022 - 14:42 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ރާމާމަކުނެއް.


މަންކީޕޮކްސް ފެތުރޭތީ ބްރެޒިލްގައި ރާމާމަކުނަށް ހަމަލާދޭ މައްސަލައެއް

10 އޮގަސްޓު 2022 - 14:42 0

މަންކީޕޮކްސް ފެތުރޭތީ ބްރެޒިލްގައި ރާމާމަކުނަށް ހަމަލާ ދިނުން އިތުރުވުމާ އެކު، އެ ބައްޔާ ރާމާމަކުނާ އެއްވެސް ގުޅުމެއް ނެތް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

"އެނގެން ޖެހޭ ކަމަކީ ބަލި މި ޖެހެނީ އެއް އިންސާނެއްގެ ގައިން އަނެއް އިންސާނާގެ ގަޔަށްކަން،" ޑަބްލިއުއެޗްއޯގެ ތަރުޖަމާނު މާގަރެޓް ހެރިސް ވިދާޅުވި އެވެ.

ބްރެޒިލްގައި މަންކީޕޮކްސް އިތުރުވީ ރާމާމަކުނުގެ ސަބަބުން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ގައުމުގައި ރާމާމަކުނަށް ޖިސްމާނީ ހަމަލާ ދީ، ވިހަ ކުރުން ވަނީ އިތުރުވެފަ އެވެ.

މިދިޔަ މޭ މަހުން ފެށިގެން މުޅި ދުނިޔެއިން މަންކީޕޮކްސްގެ 28،100 ކޭސް ފެނިފައިވާ އިރު، މިހާތަނަށް މަރުވީ 12 މީހުންނެވެ.

ޑަބްލިއުއެޗްއޯގެ ތަފާސްހިސާބު ދައްކާ ގޮތުން ބްރެޒިލްގައި 1،700 ކޭސް ރިޕޯޓުކޮށްފައިވާ އިރު، އެކަކު މަރުވެފައިވެ އެވެ.

ރާމާމަކުނާ ގުޅުވައިގެން މަންކީޕޮކްސްއަށް ނަން ދިން ނަމަވެސް އެ ބަލި އާއްމުކޮށް ފެތުރެނީ މީދާ ފަދަ ތަކެތީގެ ފަރާތުންނެވެ.

އެ ބައްޔަށް މަަންކީޕޮކްސް ކިޔުނީ ބަލި ފަަތުރާ ވައިރަަސް އެންމެ ފުރަަތަމަ ދެނެގަަނެވުނީ ތަހުލީލީ ބޭނުމަށް ބަންދުކޮށްފައި ހުރި ރާމާމަކުނުގެ ހަށިގނޑުން ކަމަށް ވާތީ އެވެ.