Advertisement

ކެންސަރާ ގުޅުން ހުރި ކެމިކަލެއް ފެނުމުން ބެލްޖިއަމްގައި ހާގެން ޑާޒްގެ ބައެއް އައިސްކްރީމް ވިއްކުން މަނާކޮށްފި

10 އޮގަސްޓު 2022 - 08:38 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ހާގެން ޑާޒް އައިސްކްރީމް ވިއްކާ ތަނެއް. -- ފޮޓޯ: ޖަޕާން ޓުޑޭ


ކެންސަރާ ގުޅުން ހުރި ކެމިކަލެއް ފެނުމުން ބެލްޖިއަމްގައި ހާގެން ޑާޒްގެ ބައެއް އައިސްކްރީމް ވިއްކުން މަނާކޮށްފި

10 އޮގަސްޓު 2022 - 08:38 0

ލިމްފޯމާ އަދި ލޫކީމިއާ ފަދަ ކެންސަރުގެ ބާވަތްތަކާ ގުޅުން ހުރި ކެމިކަލެއް ހާގެން ޑާޒްގެ ބައެއް އައިސްކްރީމުން ފެނިފައި ވާތީ، އެ ތަކެތި ވިއްކުން ބެލްޖިއަމްގައި މަނާާކޮށްފި އެވެ.

ކާބޯތަކެއްޗާ ބެހޭ އެލާޓެއް އީޔޫއިން ނެރިފައިވާ އިރު، މީގެ ކުރިން ސްޕެއިން އާއި ފްރާންސުން ވެސް ވަނީ ހާގެން ޑާޒްގެ ބައެއް ވައްތަރުތައް ވިއްކުން މަނާކޮށްފަ އެވެ.

ބެލްޖިއަމްއިން މިދިޔަަ ހުކުރު ދުވަހު 10 ބާވަތެއް ވިއްކުން މަނާ ކުރި އެވެ. އޭގެ ފަހުން އަންގާރަ ދުވަަހު ވަނީ އިތުރު ހަތް ބާވަތެއް މަނާ ލިސްޓަށް އިތުރުކޮށްފަ އެވެ.

މަނާކުރީ މާޗް އަދި އެޕްރީލް 2023 ގައި މުއްދަތު ހަމަވާ ޓަބާއި މިނީކަޕްތަކެވެ. އޭގެ ތެރޭގައި ވެނީލާ، ބެލްޖިއަން ޗޮކްލެޓް، މެކެޑޭމިއާ ނަޓް ބްރިޓްލް އަދި ޕްރެލީންސް އެންޑް ކްރީމް ފްލޭވާ ހިމެނެ އެވެ.

މަނާކުރި ތަކެތި ގަަނެފަައިވާ މީހުންނަށް ލަަފާދިނީ އެ ނުކައި ނައްތާލުމަށާއި ހާގެން ޑާޒް އައިސްކްރީމް އުފައްދާ އެމެރިކާގެ ޖެނެރަަލް މިލްސް ކުންފުންޏަށް ގުޅައި ރީފަންޑް ހޯދުމަށެވެ.

ހާގެން ޑާޒްގެ ބައެއް އައިސްކްރީމާ ގުޅޭ އެލާޓް ނެރުނީ ފްރާންސްގެ އެދުމަކަށެވެ. ފްރާންސުން ކުރި ތަހުލީލުން އެނގުނީ އޭގައި ކްލޯރޯއެތަނޯލް-2 ހުރި ކަމަށެވެ.

ކްލޯރޯއެތަނޯލް-2 އަކީ އެތިލީން އޮކްސައިޑް (އީޓީއޯ) ގައި ހިމެނޭ ކޮމްޕައުންޑެކެވެ. އެއީ ސާފު ކުރާ ކެމިކަލާއި ޕެސްޓިސައިޑްގައި ހިމެނޭ ކެންސަރަށް މަގުފަހިވާ އެއްޗެކެވެ.