Advertisement

އެމެރިކާއިން ރާއްޖެއަށް 99,450 ޑޯޒް ކޮވިޑް ވެކްސިން ހަދިޔާކޮށްފި

9 އޮގަސްޓު 2022 - 11:16 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

އެމެރިކާއިން ރާއްޖެއަށް ކޮވިޑް ވެކްސިން ހަދިޔާ ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: މިނިސްޓްރީ


އެމެރިކާއިން ރާއްޖެއަށް 99,450 ޑޯޒް ކޮވިޑް ވެކްސިން ހަދިޔާކޮށްފި

9 އޮގަސްޓު 2022 - 11:16 0

ކޮވިޑަށް ޖަހަމުންދާ ވެކްސިންގެ 99,450 ޑޯޒް އެމެރިކާއިން ރާއްޖެއަށް ހަދިޔާކޮށްފި އެވެ.

އެމެރިކާއިން ހަދިޔާކުރި ވެކްސިނުގެ ތެރޭގައި ހިމެނޭ ދެ ބާވަތަކީ ފައިޒާ ވެކްސިނާއި މޮޑާނާ ވެކްސިނެވެ.

މީގެ ދެ މަހެއްހައި ދުވަސް ކުރިން ވެސް އެމެރިކާއިން ވަނީ 100,620 ޑޯޒްގެ ފައިޒާ ވެކްސިން ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.

ކޮވިޑުން އަރައިގަތުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން އެމެރިކާއިން ވަނީ ހަތް މިލިއަން ޑޮލަރާއި 60 ވެންޓިލޭޓަރު ވެސް ހަދިޔާކޮށްފަ އެވެ.

ކޮވިޑުން އަރައިގަތުމަށް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ފެށީ އިންޑިއާއިން ހަދިޔާކުރި 200،000 ޑޯޒުންނެވެ.

އޭގެ އިތުރަށް ރާއްޖެ އިން ވަނީ ޖުމްލަ 1،000،000 ޑޯޒަށް ފައިސާ ދައްކައިފަ އެވެ. އެއީ ސިންގަޕޫރުގެ އެސްޓްރާ ޒެނިކާ އަށް 700،000 ޑޯޒާއި އިންޑިއާގެ ސިރަމް އިންސްޓިޓިއުޓަށް 300،000 ޑޯޒަށެވެ.

މީގެ ތެރެއިން ރާއްޖެއަށް ލިބުނީ އިންޑިއާއަށް ފައިސާ ދެއްކި ވެކްސިންގެ ތެރެއިން 100،000 ޑޯޒެވެ. ބާކީ 200،000 ލިބުނުކަމެއް ހާމައެއް ނުކުރެ އެވެ.

ކޮވިޑު ވެކްސިނާ ގުޅޭގޮތުން ހެލްތު މިނިސްޓްރީން ފޯރުކޮށްދީފައިވާ މައުލޫމާތަށް ބަލާއިރު، ކޮވެކްސް ފެސިލިޓީގެ ފަރާތުން ރާއްޖެއަށް ލިބިފައި ވަނީ ޖުމްލަ 581،770 ޑޯޒެވެ. މިއީ ހިލޭ ލިބިފައިވާ އަދަދެވެ.

  • އިންޑިޔާގެ ކޮވިޝިލްޑްގެ 12،000 ޑޯޒް
  • ފައިޒާގެ 445،770 ޑޯޒް
  • އެސްޓްރަޒެނިކާގެ 124،000 ޑޯޒް

ކޮވެކްސް ފެސިލިޓީގެ ބޭރުން ހިލޭ ލިބިފައިވާ ކަމަށް މިނިސްޓްރީން ބުނީ:

  • އިންޑިޔާއިން ރާއްޖެއަށް ހަދިޔާކުރި 200،000 ޑޯޒްގެ ކޮވިޝީލްޑް ވެކްސިން
  • ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި 200،000 ޑޯޒްގެ ސިނޯފާމް ވެކްސިން

މީގެ އިތުރުން އަމިއްލަ ފަރާތްތަކުން ހަދިޔާކުރި ވެކްސިންވެސް ލިބުނު ކަމަށް މިނިސްޓްރީން ބުންޏެވެ.

  • ޗައިނާގެ ސިނޯފާމް 50،200 ޑޯޒް
  • އިންޑިޔާގެ ކޮވިޝީލްޑް 60،00 ޑޯޒް