Advertisement

ތިން ދުވަހަށް ފަހު ގާޒާއަށް ހަމަލާދިނުން ހުއްޓާލައިފި

8 އޮގަސްޓު 2022 - 10:22 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިޒްރޭލުން ގާޒާއަށް ދިން ހަމަލާއެއް. -- ފޮޓޯ: ރޮއިޓާޒް


ތިން ދުވަހަށް ފަހު ގާޒާއަށް ހަމަލާދިނުން ހުއްޓާލައިފި

8 އޮގަސްޓު 2022 - 10:22 0

މިދިޔަ ހުކުރު ދުވަހުން ފެށިގެން އިޒްރޭލުން ގާޒާއަށް ފޮނުވަމުން ދިޔަ ހަމަލާތައް މެދުކަނޑާލައިފި އެވެ.

އިޒްރޭލާއި ފަލަސްތީނާ ދެމެދު ހަމަލާ ބަދަލު ކުރުން މެދުކަނޑާލަން އެއްބަސްވީ މިސްރު މެދުވެރިވެގެން ކުރި މަޝްވަރާއަށް ފަހުގަަ އެވެ.

ތިން ދުވަހުގެ ހަމަލާތަކުގައި ފަލަސްތީނުން 44 މީހުން މަރުވެފައިވާ އިރު އޭގެ ތެރޭގައި ކުޑަކުދިންނާާއި އަންހެނުން ވެސް ހިމެނެ އެވެ.

އެމެރިކާ އާއި އދ. އިން ވެސް ގޮވާލީ ހަމަލާތައް މެދުކަނޑާލަން އެކުލަވާލި އެއްބަސްވުމާ އެއް ގޮތަށް އަމަލު ކުރުމަށެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ނެރުއްވި ބަޔާނެއްގައި ގޮވާލެއްވީ އެއްބަސްވުން ތަންފީޒު ކުރުމަށާއި ގާޒާއަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށެވެ.

އޭގެ އިތުރުން ހަމަލާތަކުގައި ފަލަސްތީނުގެ އާއްމުން މަރުވެފައި ވާތީ ލަސްނުކޮށް އެކަން ތަހުގީގު ކުރުމަަށް ވެސް ގޮވާލެއްވި އެވެ.

އިޒްރޭލުން ބުނީ ޕަލަަސްތީނިއަން އިސްލާމިކް ޖިހާދް (ޕީއައިޖޭ) ގެ ޓާގެޓުތަކަށް ހަމަލާ ދޭން ފެށީ އެ ގްރޫޕުން އިޒްރޭލަށް އިންޒާރު ދިނުމުން ކަމަށެވެ.

ޕީއައިޖޭއިން އިޒްރޭލަށް ބޮމުގެ ހަމަލާ ދޭނެ ކަމަށް އިންޒާރު ދިނީ އެ ގްރޫޕުގެ އިސް މެމްބަރަކު ހުޅަނގު އައްސޭރިން ހައްޔަރު ކުރުމުންނެވެ.

ހަމަލާތަކުގައި ޕީއައިޖޭގެ އިސް ދެ ކޮމާންޑަރުން މަރުވި ނަމަވެސް، ގިނައިން މަރުވީ އާއްމުންނެވެ. އޭގެ އިތުރުން ހުޅަނގު އައްސޭރިން ޕީއައިޖޭގެ ބައެއް މެމްބަރުން ހައްޔަރު ކުރި އެވެ.

އިޒްރޭލުން ހަމަލާދެމުން ދިޔަ ނަމަވެސް ގާޒާގައި ވެރިކަން ކުރާ ހަމާސް ގްރޫޕުން މިހާތަނަށް ރައްދުގައި އެއްވެސް ކަމެއް ނުކުރެ އެވެ.

އިރާނުގެ އެއްބާރުލުމާ އެކު ހިންގ ޕީއަައިޖޭގެ މައި އޮފީސް ހުންނަނީ ސީރިއާގެ ޑިމިޝްކުގަ އެވެ. އެއީ ގާޒާގެ އެންމެ ވަރުގަދަ އެއް ހަތިޔާރު އެޅި ގްރޫޕެވެ.

އިޒްރޭލާއި ޕީއައިޖޭއާ ދެމެދު ނޮވެމްބަރު 2019 ގައި ފަސް ދުވަހުގެ ހަނގުރާމައެއް ކުރި އެވެ. އެ ފަހަރު ހަމަލާތައް ފެށީ އިޒްރޭލުން ޕީއައިޖޭގެ އިސްވެރިޔަކު މަރާލުމުންނެވެ.

އޭރު ކުރި ހަނގުރާމައިގައި ފަލަސްތީނުގެ 34 މީހުން މަރުވެ، 111 މީހުންނަށް އަނިޔާވި އެވެ. އަދި އިޒްރޭލުގެ 63 މީހުންނަށް ވެސް އަނިޔާވި އެވެ.