Advertisement

ކްރައިމް ސީނުން ހައްޔަރު ކުރި ޝާހިލް އެއްވެސް ކުށަކަށް އިއުތިރާފެއް ނުވޭ

7 އޮގަސްޓު 2022 - 17:37 1

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ޝިއާއުގެ މަރާ ގުޅިގެން ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ކްރައިމް ސީނުން ހައްޔަރު ކުރި ޝާހިލް އެއްވެސް ކުށަކަށް އިއުތިރާފެއް ނުވޭ

7 އޮގަސްޓު 2022 - 17:37 1

ރޭ ދަންވަރުގެ ވަގުތެއްގައި ހ. ޝީރީންވިލާގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އުމުރުން 22 އަހަރުގެ ޝިއާއު "ޝިއާ" މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގެ ތުހުމަތު ކުރެވޭ ފ. ނިލަންދޫ، ފިނިފެންމާގޭ އަލީ ޝާހިލް މިހާތަނަށް ކުށަށް އިއުތިރާަފުވެފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ޝިއާގެ މަރާ ގުޅިގެން އިސްކަންދަރު ކޮށީގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "އަދަދު" އިން ކުރި ސުވާލަކަށް ޖަވާބުދެމުން މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ހެޑް، ހަސަން ޝިފާއު ވިދާޅުވީ ޝިއާގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވެނީ ހަމައެކަނި ޝާހިލަށް ކަމަށެވެ. ނަމަވެސް އޭނާ މިހާތަނަށް އެއްވެސް ކުށަކަށް އިއުތިރާފުވެފައިނުވާ ކަމަށް ޝިފާއު ވިދާޅުވި އެވެ.

"މިވަގުތަށް އަޅުގަނޑުމެންނަށް ތުހުމަތު ކުރެވެނީ، ތުހުމަތު ކުރެވޭ ފަރާތެއް ގޮތަށް ހުރީ ސާހިލް އެކަނި. "މިވަގުތާ ހިސާބަށް އިއުރާފެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.

މައުލޫމާތު އެނގޭ ނަމަވެސް ވަޒީފާގެ ގޮތުން ނަން ހާމަކުރުމަށް ނޭދޭ ފަރާތަކުން ބުނީ ޝިއާ މަރާލި ކަމަށް ތުހުމަތު ކުރެވޭ ޝާހިލް މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކާ ކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ޝާހިލް ހައްޔަރުކުރިއިރު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށާއި އެހެންނަމަވެސް ކްރައިމް ސީނުން ހައްޔަރު ކުރި ޝާހިލްގެ ފަރާތުން މަރު ހިނގައިދިޔަ ގޮތް މިހާތަނަށް އެނގިފައި ނުވާ ކަމަށެވެ.

ސާހިލްއަކީ މިހާތަނަށް ކުށުގެ ރެކޯޑެއް އޮތް މީހެއް ނޫންކަމަށް ވެސް ފުލުހުން ބުނެފައި ވެ އެވެ.

ސާހިލްގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ބަންދާ މެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުން ކުރިއަށް ގެންދިޔައީ ނޫސްވެރިންނާއި އާންމުން ނުވަދެވޭ ގޮތަށް ސިއްރުކޮށްގެންނެވެ.

މިހާތަނަށް އެނގިފައިވާ ގޮތުގައި ޝިއާ މަރާލުމަށްފަހު އޭނާގެ ހަށިގަނޑުގެ ބައެއް ގުނަވަންތައް ހުރީ ބުރިކޮށްފަ އެވެ. އެގޮތުން އޭނާގެ ބޮލާއި އަތްފައި އޮތީ ބުރިކޮށްފަ އެވެ.

އެހެންނަމަވެސް، ހިނގަމުންދާ ތަހުގީގަކަށް ވާތީ ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލް ފުލުހުން ހާމަނުކުރާނެ ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ބުނެފަ އެވެ.