Advertisement

މުއްދަތު ހަމަވި ފަހުން ހުށަހެޅުމުން ސާލިމް މަރަން ކުރި ހުކުމުގެ މައްސަލަ ހައި ކޯޓުން ބޭރުކޮށްލައިފި

7 އޮގަސްޓު 2022 - 14:04 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

މަހްމޫދު މަރާލި ކަމަށް އިއުތިރާފް ވެފައިވާ ޝާ އޮލް މިއާ (ސާލިމް)


މުއްދަތު ހަމަވި ފަހުން ހުށަހެޅުމުން ސާލިމް މަރަން ކުރި ހުކުމުގެ މައްސަލަ ހައި ކޯޓުން ބޭރުކޮށްލައިފި

7 އޮގަސްޓު 2022 - 14:04 0

އދ. ދަނގެތީ ވިޔަފާރިވެރިޔާ މަހްމޫދް އަބޫބަކުރުގެ އަނިޔާވެރި ގޮތަކަށް މަރައިލި ކަމަށް އެއްބަސްވެފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާ އޮލަމް މިއާ (ސާލިމް) މަރަން ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފި އެވެ.

ވިޔަފާރިވެރިޔާ މަހްމޫދުގެ ހަށިގަނޑު ފެނުނީ އޮކްޓޯބަރު 13، 2021 ގައެވެ. އޭގެ ކުރީ ރެއިން ފެށިގެން މަހްމޫދުގެ ހަބަރެއް ނުވެގެން އާއިލާއިން އުޅުމުން، ރަށު އެންމެން ނުކުމެ ހޯދަން އުޅުމުގެ ތެރެއިން މަހްމޫދުގެ ހަށިގަނޑު ފެނުނީ އޭނާގެ އުފަންގޭގެ ފެން ވަޅެއް ތެރޭ އޮއްވަ އެވެ. އެ ގެ މިހާރު ހުންނަނީ ފަޅަށެވެ.

ހައި ކޯޓުގެ ރަޖިސްޓްރާގެ ނިންމުމުގައިވަނީ ދަށު ކޯޓުން ކޮށްފައިވާ މަރުގެ ހުކުމުގެ ސައްހަކަން ކަށަވަރު ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މައްސަލަ ހުށަހަޅާފައިވަނީ ޖިނާއީ މައްސަލަތަކުގައި ކުރާ ހުކުމްތައް އިސްތިއުނާފް ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވި ފަހުން ކަމަށެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާގެ އިތުރުން މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާ ވެސް ދައުލަތުން ސާލިމްގެ މައްޗަށް އުފުލާފައިވެ އެވެ. ދެވަނަ ދައުވާއަށް ވެސް ސާލިމް އިއުތިިރާފްވެފައިވާތީ އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އެ ކުށަށް އިއްވާފައިވެ އެވެ.

ދަށު ކޯޓުން ސާލިމް މަރަން ހުކުމް އިއްވި ނަމަވެސް، މަރުގެ މައްސަލަތަކުގައި ޝަރީއަތުގެ ތިން މަރުހަލާ ފުރިހަމަ ކުރަން ގާނޫނުގައި ލާޒިމުކޮށްފައިވެ އެވެ. އެހެންވެ މި މައްސަލަ ވެސް ކުށް ކުރި ކަން ޔަގީން ކުރަން އަދި ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ޝަރީއަތް ގެންދަން ޖެހޭނެ އެވެ.

މަހްމޫދުގެ ހަށިގަނޑު ފެނުމާއެކު ރަށު ރައްޔިތުން ނުކުމެ ދެ މީހަކު އަތުލައިގަނެ ފުލުހުންނާ ހަވާލު ކުރި އެވެ. އުމުރުން ދުވަސްވެފައިވާ މީހަކު ބެލުމަށް ދަނގެއްޗަށް ގެންގޮސްފައި ހުރި ސާލިމަށް އޭރު އެއްވެސް މީހަކު ތުހުމަތެއް ނުކުރެ އެވެ. މަހްމޫދުގެ ޖަނާޒާގައި ވެސް ސާލިމް ބައިވެރިވި އެވެ.

މަހްމޫދުގެ ގާތިލަކީ ސާލިމު ކަމަށް ބެލެވެން ފެށީ ފުލުހުންގެ ހާއްސަ ޓީމެއް ދަނގެއްޗަށް ގޮސް އެ ޓީމުގެ ތަހުގީގު ކުރިއަށް ގެންދަނިކޮށް ފުލުހުންނަށް އެ ރަށު މީހަކު ދިން މައުލޫމާތަކާ އެކުގަ އެވެ. މަހްމޫދު ގެއްލުނު ދުވަހުގެ ރޭ ސާލިމް ދިރިއުޅޭ ގެ ކައިރިން މީހަކު ހަޅޭއްލަވާ އަޑު އިވުނު ކަމަށް އެ މީހާ ރިޕޯޓް ކުރި އެވެ.

ސާލިމް ދިރިއުޅޭ ގެއިން އެ މައްސަލައާ ގުޅޭ ވަރުގަދަ ހެކިތަކެއް ވެސް ފުލުހުން ހޯދި އެވެ. އޭނާ ވަނީ މަހުމޫދު މަރާލި ގޮތް ވެސް ތަހުގީގަށް ކުޅެފަ އެވެ.