Advertisement

ޝިއާ މަރާލި މައްސަލަ ކުށްވެރިކޮށް، އާއިލާއަށް ޖެންޑާގެ ތައުޒިޔާ

7 އޮގަސްޓު 2022 - 12:50 1

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ޝިއާގެ ހަށިގަނޑު އެމްބިއުލާންސަށް ލަނީ-- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ޝިއާ މަރާލި މައްސަލަ ކުށްވެރިކޮށް، އާއިލާއަށް ޖެންޑާގެ ތައުޒިޔާ

7 އޮގަސްޓު 2022 - 12:50 1

ހ. ޝީރީންވިލާގައި ރޭ ދަންވަރު އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދު (ޝިއާ) މަރާލި މައްސަލަ ކުށްވެރިކޮށް، އާއިލާއަށް ޖެންޑާ މިނިސްޓްރީން ތައުޒިޔާ ކިޔައިފި އެވެ.

މި ހާދިސާ ހިނގި ކަމާއި މި މަރާ ގުޅޭ ތުހުމަތުގައި މީހަކު ހައްޔަރުކުރިކަން ފިޔަވައި އެއްވެސް މައުލޫމާތެއް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި ފުލުހުން މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ޒުވާން ސްކޭޓަރު އަލީ ޝާހިލް، 23، އެވެ.

ޖެންޑާ މިނިސްޓްރީން ވަނީ ރޭ މާލޭގެ ގެއެއްގައި ރަހުމުކުޑަކޮށް އަންހެނަކު މަރާލި ލާއިންސާނީ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.

"ގެވެށި އަނިޔާގެ މިފަދަ އެއްވެސް އަމަލަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އަދި މި އަމަލާމެދު މި މިނިސްޓްރީން ކަންބޮޑުވެ، ހިތާމަކުރަން،" މިނިސްޓްރީން ބުންޏެވެ.

މި މަރުގެ ހާދިސާގައި މިހާތަނަށް ފުލުހުންގެ ފަރާތުން ބުނެފައި ވަނީ މީހަކު ހައްޔަރު ކޮށްފައިވާ ކަން އެކަންޏެވެ.

މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ޒުވާން ސްކޭޓަރު އަލީ ޝާހިލް، 23، އެވެ.

ޝާހިލް ރޭ ހައްޔަރުކޮށްގެން ގެންދިޔައިރުު، އޭނާ ބަންދުކޮށްގެން ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދުގެ ވަގުތެއްގައި ކްރިމިނަލް ކޯޓަށް ވެސް ހާޒިރު ކުރާނެ އެވެ.

ޝިއާއުގެ ހަށިގަނޑު ފުލުހުން ނެރުނު އިރު ދެ ބޮޑީ ބޭގް ވެސް ނެރުނެވެ. އެހެންވެ، ބެލެވެނީ ހަށިގަނޑު އޮތީ ބުރިކޮށްފައި ކަމުގަ އެވެ. ހަށިގަނޑު ވަނީ ގަލޮޅު މޯޗަރީއަށްް ގެންގޮސްފަ އެވެ.