Advertisement

ކިމް ކާޑޭޝިއަން އާއި ޕީޓް ޑޭވިޑްސަން ރުޅިވެއްޖެ

7 އޮގަސްޓު 2022 - 11:47 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ކިމް ކާޑޭޝިއަން އަދި ޕީޓް ޑޭވިޑްސަން.


ކިމް ކާޑޭޝިއަން އާއި ޕީޓް ޑޭވިޑްސަން ރުޅިވެއްޖެ

7 އޮގަސްޓު 2022 - 11:47 0

އެމެރިކާގެ ރިއެލިޓީ ތަރި ކިމް ކާޑޭޝިއަން އާއި ކޮމީޑިއަން ޕީޓް ޑޭވިޑްސަން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ނުވަ މަސް ފަހުން ރުޅިވެއްޖެ އެވެ.

މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ އީ ނިއުސްއިން ބުނީ ދެ ތަރިންގެ ބިޒީ ޝެޑިއުލްއާ ހެދި އެކުގައި ވަގުތު ހޭދަ ނުކުރެވޭތީ ރުޅިވާން ނިންމީ މިދިޔަ ހަފްތާގައި ކަމަށެވެ.

އީ ނިއުސްއިން ބުނީ ޕީޓް މި އަހަރުގެ ހޫނު މޫސުމުގެ ދުވަސްތައް އޮސްޓްރޭލިއާގައި ހޭދަކުރަމުން ދަނީ މުޅިން އާ ފިލްމެއްގެ މަސައްކަތް ކުރުމަށް ކަމަށެވެ.

އުމުރުން 41 އަހަރުގެ ކިމް އަދި 28 އަހަރުގެ ޕީޓް ލޯބީގެ ގޮތުން ގުޅުނީ 2021 ވަނަ އަހަރު އެކުގައި ސަޓަޑޭ ނައިޓް ލައިވް ޝޯއަށް އެރުމަށް ފަހު އެވެ.

ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އެ މީހުން އިއުލާން ކުރީ މި އަހަރުގެ މާޗް މަހުގަަ އެވެ. އެއީ ކިމް އާއި ކުރީގެ ފިރިމީގާ ކާންޔޭ ވެސްޓްގެ ވަރީގެ ކަންކަން ވެސް ނިމުނު ދުވަސްވަރެވެ.

އޭގެ ފަހުން ކިމް އާއި ޕީޓް އެކުގައި ގިނަ އިވެންޓުތަކުން ފެނުނެވެ. ނަމަވެސް ކާންޔޭ ވެސްޓް ވަނީ ސޯޝަލް މީޑިއާގައި ޕީޓްއަށް އެއްޗެހި ކިޔައި، އަލުން ކިމްއާ ގުޅެން ހުށަހަޅާފަ އެވެ.

ކިމް އާއި ކާންޔޭ ވަރިވާން ނިންމީ މިދިޔަ އަހަރު އެވެ. އޭރު ކާންޔޭގައި ނަފްސާނީ މައްސަލަތަކާ އެކު ކައިވެނީގައި މައްސަލަ ޖެހޭ ކަމަށް މީޑިއާއިން އޮތީ ރިޕޯޓުކޮށްފަ އެވެ. އެ މީހުންގެ ހަތަރު ދަރިން ތިބެ އެވެ.

ކިމް އޭގެ ކުރިން ވެސް ދެ ކައިވެނިކޮށް، ވަރިވެފައިވެ އެވެ. އޭނާ މަޝްހޫރުވީ އެމެރިކާގެ ރިއެލިޓީ ޓީވީ ސީރީޒް "ކީޕިން އަޕް ވިތު ދަ ކާޑޭޝިއަންސް" އިންނެވެ.