Advertisement

ތައިލޭންޑުގެ ނައިޓްކްލަބެއްގައި ރޯވެ 14 މީހުން މަރުވެއްޖެ

6 އޮގަސްޓު 2022 - 12:33 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ނައިޓްކްލަބްގައި ރޯވެފައި.


ތައިލޭންޑުގެ ނައިޓްކްލަބެއްގައި ރޯވެ 14 މީހުން މަރުވެއްޖެ

6 އޮގަސްޓު 2022 - 12:33 0

ތައިލޭންޑުގެ ނައިޓްކްލަބެއްގައި ރޯވެ 14 މީހުން މަރުވެ 40 މީހުންނަށް އަނިޔާވެއްޖެ އެވެ.

އަލިފާން ރޯވީ ސަތަހިޕް ޑިސްޓްރިކްޓުގެ މައުންޓަން ބީ ނައިޓްސްޕޮޓްގަ އެވެ. ވީޑިއޯތަކުން ފެންނަނީ ބައެއް މީހުން ނައިޓްކްލަބުން ދުވެފައި ދާ އިރު، އަންނައުނުގައި ހުޅު ހިފައިފައިވާ މަންޒަރެވެ.

އަލިފާން ރޯވާން މެދުވެރިވި ސަބަބު ސާފެއް ނޫނެވެ. އެކަމަކު ފުލުހުން ބުނީ ނައިޓްކްލަަބްގެ ފާރުގައި ހުރީ ފަސޭހައިން އަލިފާން ރޯވާ މެޓީރިއަލެއް ކަމަށެވެ.

ބެންކޮކްއާ 150 ކިލޯމީޓަރު ދެކުނުން ޗޮންބުރީ ޕްރޮވިންސްގައި ހުންނަ އެ ނައިޓްކްލަބަކީ 4،800 އަކަ މީޓަރު ފުޅާ، އެއް ފަަންގިފިލާއަށް އިމާރާތްކޮށްފައިވާ ތަނެކެވެ.

އަލިފާންގަނޑު ކޮންޓްރޯލްވީ ދެ ގަޑިއިރު ވަންދެން ކުރި މަސައްކަތުންނެވެ. ރިޕޯޓުތައް ބުނީ ގޮތުން އެ ހާދިސާ ހިނގީ ނައިޓްކްލަބްގައު ލައިވް މިޔުޒިކް އިވެންޓެއް ކުރިއަށް ދަނިކޮށެވެ.

ބޮޑު ވަޒީރު ޕްރަޔުތް ޗަން އޯޗާ ވަަނީ އަލިފާން ރޯވި ސަބަަބު ދެނެގަތުމަށް ތަހުގީގު ހިންގަން އަމުރު ކުރައްވާފަ އެވެ. މަރުވި މީހުންގެ އާއިލާތަކަށް ސަރުކާރުން އެހީވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އޭގެ އިތުރުން ތައިލޭންޑްގެ ހުރިހާ ހިސާބެއްގައި ހިންގާ މުނިފޫހިފިލުވުމުގެ ސެންޓަރުތަކުގައި ރައްކާތެރިކަމުގެ ހަރުދަނާ ފިޔަވަަޅުތައް އެޅުމަށް ވެސް ގޮވާލެއްވި އެވެ.

އޮފިޝަލުން ބުނީ އަލިފާން ރޯވި ތަން ނައިޓްކްލަބަކަށް ހެދުމުގެ ކުރިން އެ ތަނުގައި ހުރީ ރެސްޓޯރެންޓެއް ކަމަށާއި ނައިޓްކްލަބް ހިންގަން ފެށީ ހުއްދަ ނުހޯދާ ކަމަށެވެ.

މީގެ ކުރިން ވެސް ތައިލޭންޑްގެ ނައިޓްކްލަބްތަކުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ހިނގާފައިވެ އެވެ.

އެގޮތުން 2009 ވަނަ އަހަރު ބެންކޮކްގެ ސަންތިކާ ކްލަބްގައި ރޯވެ 60 މީހުން މަަރުވި އެވެ. އެ މައްސަލައިގައި 2011 ވަނަ އަހަރު ދެ މީހުން ޖަލަށް ލި އެވެ.

އޭގެ ފަހުން 2012 ވަނަ އަހަރު ފުކެޓް ނަައިޓްކްލަބެއްގައި ރޯވެ ހަތަރު މީހުން މަރުވެ، ގިނަ ބަޔަކަށް އަނިޔާވި އެވެ.