Advertisement

އިނގިރޭސި ޕްރިމިއާ ލީގު މިރޭ ފަށަނީ، ފުރަތަމަ މެޗު މީޑިއާނެޓުން ހިލޭ ބަލާލެވޭނެ

5 އޮގަސްޓު 2022 - 20:18 0


އިނގިރޭސި ޕްރިމިއާ ލީގު މިރޭ ފަށަނީ، ފުރަތަމަ މެޗު މީޑިއާނެޓުން ހިލޭ ބަލާލެވޭނެ

5 އޮގަސްޓު 2022 - 20:18 0

ދުނިޔޭގެ އެންމެ ފޯރިގަދަ ފުޓުބޯޅަ މުބާރާތް، އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަން މިރޭ ފަށާއިރު، ލީގުގެ ފުރަތަމަ މެޗު މީޑިއާ ނެޓުގެ ހުރިހާ ކަސްޓަމަރުންނަށް ހިލޭ ބަލާލެވޭނެ ކަމަށް މީޑިއާ ނެޓުން ބުނެފި އެވެ.

ލީގު ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ ދަންވަރު 12:00 ގައި އާސެނަލްއާއި ކްރިސްޓަލް ޕެލެސް އެވެ. މި މެޗު މީޑިއާ ނެޓު ކަސްޓަމަރުންނަށް އައިސް ސްޕޯޓްސް (ޗެނަލް 102) އިން ހިލޭ ބަލާލެވޭނެ އެވެ.

މި މެޗު އެމްއެސް މީޑިއާނެޓް އެޕް މެދުވެރިކޮށް ފޯން, ލެޕްޓޮޕް އަދި ޓެބްލެޓުން ކޮންމެތާކުން ވެސް ބަލައިލެވޭނެ އެވެ.

މީޑިއާނެޓަކީ އެހެން ގައުމުތަކުގައި ކުޅެވޭ މިފަދަ ބޮޑެތި މުބާރާތްތައް ބެލުންތެރިންނާ ހަމައަށް އެންމެ ފުރިހަމައަށް ގެނެސްދެމުން އަންނަ ކުންފުންޏެވެ.

އެގޮތުން ޕްރިމިއާ ލީގުގެ އިތުރުން ސްޕެނިޝް ލަލީގާ، ފްރާންސްގެ ލީގް ވަން، އިޓަލީގެ ސެރީ އާ ގެ މެޗުތައް އައިސް ނެޓުވޯކުގެ ޗެނަލްތަކުން އަންނަނީ ދައްކަމުންނެވެ.

އަދި ބައިނަލްއަގުވާމީ ފުޓްބޯޅައިގެ ވަރުގަދަ މުބާރާތްތަކުގެ މެޗުތައް އައިސް ޓީވީން އަންނަނީ ބެލުންތެރިންނާ ހަމައަށް ގެނެސްދެމުންނެވެ.