Advertisement

ކުޑަހުވަދޫ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި 17 މީހުން ދޫކޮށްލައިފި

5 އޮގަސްޓު 2022 - 10:31 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ހަމަނުޖެހުމުގައި ބައިވެރިވި މީހުން ދޫކޮށްލުމާ ގުޅިގެން އާންމުން އުފާފާޅުކުރުމުގެ ތެރެއިން--


ކުޑަހުވަދޫ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި 17 މީހުން ދޫކޮށްލައިފި

5 އޮގަސްޓު 2022 - 10:31 0

ދ. ކުޑަހުވަދޫގައި ކުރި މުޒާހަރާއާ ގުޅިގެން ހިންގި ހަމަނުޖެހުންތަކުގައި ބައިވެރިވިކަމުގައި ތުހުމަތުގައި ހައްޔަރު ކުރި އެންމެން ރޭ ދޫކޮށްލައިފި އެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން ކުޑަހުވަދޫގައި މުޒާހަރާ ކުރަން ފެށީ އެ ރަށު ބަލި މީހަކު މަންޓާ އެއާގެ މަތިންދާބޯޓެއްގައި މާލެ ގެނެސްނުދިން ކަމަށް ބުނެ އެވެ. އެ ވާހަކަ ދޮގުކޮށް މަންޓާ އިން ބުނީ އެންފުނިން ގެންގުޅޭ ބޯޓުތަކުގައި ބަލި މީހުން ގެންދާ ސްޓްރެޗަރު އެރުވޭ ގޮތަށް ހަދާފައި ނުހުންނަ ކަމަށެވެ. ނަމަވެސް އެ ބަލި މީހާ އެހެން ބޯޓެއްގައި އުފުލޭނެ އިންތިޒާމް ހަމަޖައްސަން މަސައްކަތް ވެސް ކުރި ކަމަށެވެ.

އެ މައްސަލައިގައި ކުޑަހުވަދޫ އެއާޕޯޓުން ބަސް ދަތުރުކުރަން އޮންނަ ސަރަހައްދު ބަޔަކު ނުކުމެ ބައްދާލައި، ފަތުރުވެރިންނަށް ދަތުރު ކުރެވޭނެ ގޮތް ހުއްޓުވާލި އެވެ. އަދި އެކަން ހުއްޓުވަން ދިޔަ ފުލުހުންނާދެމެދު ބައެއް ހަމަނުޖެހުން ހިނގާފައިވެ އެވެ.

އެ މައްސަލައިގައި ޖުމްލަ 17 މީހަކު ހައްޔަރުކޮށްފައިވާއިރު، އެ އެންމެން ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް މި ނޫހަށް ވިދާޅުވި އެވެ.

އޭގެ ތެރެއިން 14 މީހަކު އެ ރަށު މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލާފައިވަނީ ޝަރުތަކަކާއެކުގައި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެ ރަށު ރައްޔިތުން ކުރަމުންދާ މުޒާހަރާތައް ނިމުމަކަށް ގެނައުމަށް މަންޓާ އެއާގެ އިސް އޮފިޝަލުން އެ މީހުންނާ ބައްދަލުކޮށް މިހާރު ވަނީ މައްސަލަ ހައްލުކޮށްފަ އެވެ. އެއީ އެ ރަށު މީހުން ބޭނުންވާ ގޮތަށް ބަލި މީހުން އުފުލުމަށް ދިމާވާ ދަތިތަކާއި އެކަން ހައްލު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ބުނެފަ އެވެ.