Advertisement

އިރާގުގެ ފިނިހޫނުމިން 50 ޑިގްރީ ސެލްސިއަސްއަށް

5 އޮގަސްޓު 2022 - 09:18 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ބަގްދާދުގައި ފަންކާއެއް ކައިރީ މީހަކު ފިނިކުރަން މަޑުކޮށްލައިގެން. -- ފޮޓޯ: ގެޓީ އިމޭޖާޒް


އިރާގުގެ ފިނިހޫނުމިން 50 ޑިގްރީ ސެލްސިއަސްއަށް

5 އޮގަސްޓު 2022 - 09:18 0

އިރާގުގެ ބައެއް ހިސާބުތަކުގެ ފިނިހޫނުމިން 50 ޑިގްރީ ސެލްސިއަސްއަށް އަރާފައި ވާތީ ގިނަ އަދަދެއްގެ މަސައްކަތްތެރިންނަށް އިތުރު ޗުއްޓީ ދުވަހެއް ދީފި އެވެ.

ދުނިޔޭގެ އެންމެ ހޫނުގަދަ ތަންތަނުގެ ލިސްޓަށް އިރާގުގެ ގިނަ ސިޓީތަކެއް ބުރާސްފަތި ދުވަހު އެރި އެވެ.

އާދަޔާ ހިލާފު ހޫނާ ގުޅިގެން 10 ޕްރޮވިންސްގައި މަސައްކަތް ހުއްޓާލައި، ގިނަ އަަދަދެއްގެ މަސައްކަތްތެރިންނަށް ޗުއްޓީ ދުވަހެއް ލިބުނު ކަމަށް ކުރުދިސްތާން24 ނޫހުން ބުންޏެވެ.

ޖުލައި މަހުގެ މެދު ތެރެއިން ފެށިގެން އިރާގަށް ކުރިމަތިވެފައިވާާ ހީޓްވޭވް އަދިވެސް ދުވަސްތަކެއް ވަންދެން ދެމިއޮންނާނެ ކަމަަށް ލަފާކުރެވެ އެވެ.

އިރާގަކީ އާއްމުކޮށް ވެސް ވަރަށް ހޫނުގަދަ ގައުމެކެވެ. އެކަމަކު އާއްމުން ބުނާާ ގޮތުގައި މިހާރަަކަށް އައިސް ހޫނުވާ މިންވަރު ދަނީ އެތައް ގުނައެއް އިތުރުވަމުންނެވެ.

ހޫނުވުމުގެ އިތުރުން، ވެލީގެ ތޫފާންތައް ވެސް މި އަހަރު ވަނީ އިތުރުވެފަ އެވެ. އެހެންވެ، ގިނަ ހިދުމަތްތަކަަށް ވެސް ދަނީ ބުރޫ އަރަމުންނެވެ.