Advertisement

ކޮމަންވެލްތު ގޭމްސް: ފެތުންތެރިން ގައުމީ 7 ރެކޯޑެއް ހަދައިފި

4 އޮގަސްޓު 2022 - 15:52 0

ކޮމަންވެލްތު ގޭމްސްގައި ބައިވެރިވާ ރާއްޖޭގެ ފެތުންތެރިން.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


ކޮމަންވެލްތު ގޭމްސް: ފެތުންތެރިން ގައުމީ 7 ރެކޯޑެއް ހަދައިފި

4 އޮގަސްޓު 2022 - 15:52 0

އިނގިރޭސިވިލާތުގެ ބާމިންހަމްގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ ފެތުންތެރިން ގައުމީ ހަތް ރެކޯޑެއް ހަދައިފި އެވެ.

ގޭމްސްގައި ގައުމީ ޓީމުން އެންމެ ބޮޑަށް ފާހަގަވީ މިހާރު އެންމެ ބާރަށް ކުރިއަރަމުން އަންނަ ފިރިހެން ފެތުންތެރިޔާ މުހައްމަދު އާން ހުސައިން އެވެ. އޭނާ ވަނީ 50 މީޓަރާއި، 100 މީޓަރު ފްރީ ސްޓައިލްގެ ގައުމީ ރެކޯޑާއި، 100 މީތަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރެކޯޑުވެސް ހަދައިފަ އެވެ.

މި އިވެންޓުތަކުގެ ތެރެއިން 50 މީޓަރު ފްރީ ސްޓައިލްގެ ރެކޯޑު އާން މުގުރާލާފައި މިދިޔަ ހަތް އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށެވެ. މިގޮތުން 2015 ވަނަ އަހަރުގެ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްގައި 26.27 ސިކުންތުން ނިޝްވާން އިބްރާހިމް ހެދި ގައުމީ ރެކޯޑު އާން މުގުރާލީ 24.82 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ސަތޭކަ މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރެކޯޑު ފުރަތަމަ ކޮމަންވެލްތު ގޭމްސްގައި މިއަހަރު އާކުރީ ގައުމީ ޓީމްގެ މުހައްމަދު ރީހާން ޝިހާމް އެވެ. އޭނާ އެއް މިނެޓު 5.12 ސިކުންތުން ހެދި ރެކޯޑު އާން މުގުރާލީ އެއް މިނެޓު 03.35 ސިކުންތުން ރޭސް ނިންމައިގެންނެެ.

ކޮމަންވެލްތު ގޭމްސްގައި ދެން އާން ހެދި ރެކޯޑު ކަމަށް 100 މީޓަރު ފްރީ ސްޓައިލް ރެކޯޑު މީގެ ކުރިން އޮންނާނީވެސް އާން އަތުގަ އެވެ. މި އަހަރުގެ ޖޫން މަހު ބޭއްވި ފީނާ ވޯލްޑް ޗެމްޕިއަންޝިޕްގައި ފަތައިގެން 55.59 ސިކުންތުން އާން ހެދި ރެކޯޑު މިފަހަރު އާ ކުރީ 55.49 ސިކުންތުން ނިންމައިގެންނެވެ.

ރާއްޖޭގެ އަންހެން ފެތުންތެރިންގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ހަމްނާ އަހުމަދު ވަނީ 50 މީޓަރު ބްރެސްޓް ސްޓްރޯކްގެ ގައުމީ ރެކޯޑު އާ ކޮށްފަ އެވެ. މިދިޔަ ޖޫން މަހު އޮތް 19 ވަނަ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްގައި 34.53 ސިކުންތިން ނިންމައިގެން ހެދި ގައުމީ ރެކޯޑު ހަމްނާ މިފަހަރު އާ ކުރީ 0.02 ސިކުންތުގެ ކުރިއެރުމަކާއިއެކު 34.51 ސިކުންތުންނެވެ.

ރާއްޖޭގެ ފެތުންތެރިންގެ ތެރެއިން މުބާލް އައްޒާމް އިބްރާހިމްވެސް ގޭމްސް ނިންމާލީ ގައުމީ ރެކޯޑަކާއިއެކުގަ އެވެ. މިގޮތުން 200 މީޓަރު މެޑްލޭ ރިލޭގައި ވާދަކޮށް އޭނާ ކުރިން ހަދާފައިވާ ގައުމީ ރެކޯޑު މިފަހަރު އާ ކުރީ ދެ މިނެޓު 32.87 ސިކުންތުން ރޭސް ނިންމައިގެންނެވެ. މީގެ ކުރިން އޭނާ ރެކޯޑު ހެދީ 2018ގެ އޭޝިއަން ގޭމްސްގަ އެވެ. އެ ފަހަރު އޭނާގެ ޓައިމިން އަކީ 2 މިނެޓު 23.69 ސިކުންތެވެ.

މި ހަ ރެކޯޑުގެ އިތުރުން ގައުމީ ފެތުމުގެ ރިލޭ ޓީމުންވެސް މި ގޭމްސްގައި ގައުމީ ރެކޯޑެއް އާ ކުރި އެވެ. އައިޝަތު ސައުސަން، ހަމްނާ، އާން އަދި މުބާލް ފީނާ ވޯލްޑް ޗެމްޕިއަންޝިޕްގައި ހެދި 100 މީޓަރުގެ ފްރީ ސްޓައިލް ރިލޭ އިވެންޓްގެ ރެކޯޑު މިފަހަރު އާ ކުރީ 4 މިނެޓާއި 14.91 ސިކުންތުންނެވެ. ކުރީގެ ރެކޯޑަކީ 4 މިނެޓާއި 18.44 ސިކުންތެވެ.