Advertisement

ޝަރުތުތައް ބަލައިނުގަންނަ ނަމަ އިރާގުގެ ޕާލިމެންޓުން ސަޕޯޓަރުން ނުނިކުންނަން އަންގައިފި

4 އޮގަސްޓު 2022 - 09:38 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިރާގުގެ ޕާލިމެންޓު ތެރެއަށް ވަދެ މުޒާހަރާ ކުރަމުން ދަނީ މުގްތަދާ އަލް ސަދްރްގެ ސަޕޯޓަރުން. -- ފޮޓޯ: ވޯލްޑް ނިއުސް ޔޫކޭ


ޝަރުތުތައް ބަލައިނުގަންނަ ނަމަ އިރާގުގެ ޕާލިމެންޓުން ސަޕޯޓަރުން ނުނިކުންނަން އަންގައިފި

4 އޮގަސްޓު 2022 - 09:38 0

އިރާގުގެ މަގްބޫލް ދީނީ އިލްމުވެރިޔާ މުގްތަދާ އަލް ސަދްރްގެ ޝަރުތުތައް ބަލައިނުގަންނަަ ނަމަ ސަޕޯޓަަރުން ޕާލިމެންޓުން ނުނިކުންނަން އޭނާ އަންގަވަައިފި އެވެ.

ސަދްރްގެ ޝަރުތުތަކުގެ ތެރޭގައި ޕާލިމެންޓު އުވާލައި އަވަސް އިންތިހާބެއް ބޭއްވުމާއި ގާނޫނު އަސާސީ އިސްލާހު ކުރުން ހިމެނެ އެވެ.

ސަދްރްގެ ސަޕޯޓަރުން ވެރިރަށް ބަަގްދާާދުގެ ހައި ސެކިއުރިޓީ ގްރީން ޒޯން ސަރަހައްދަށް ވަދެ، ޕާލިމެންޓު ހިސޯރު ކުރީ މިދިޔަ ހަފްތާގަ އެވެ.

ސަދްރްގެ ސަޕޯޓަރުން މުޒާހަރާ ކުރަމުން ދަނީ އެ މީހުންގެ ވިސްނުމާ ދެކޮޅު އަދި އިރާނާ ގާތް ގުޅުމެއް އޮންނަ ކަމަށް ބެލެވޭ މުހައްމަދު އަަލް ސޫދާނީގެ ނަން ބޮޑު ވަޒީރު ކަމަށް ހުށަހެޅުމުންނެވެ.

ސަދްރްއަކީ ޝިއައީ މަޒްހަބުގެ އިލްމުވެރިޔެކެވެ. އޭނާ ވަނީ އެމެރިކާއިން އިރާގަށް އެރުމާ ދެކޮޅަށް ކުރިން އަޑު އުފުލާފަ އެވެ.

މިދިޔަ އޮކްޓޯބަރު މަހު އޮތް އާއްމު އިންތިހާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރީ ސަދްރްގެ ކޯލިޝަނުންނެވެ. އެކަމަކު ވޯޓަށް ފަަހު އުފެދުނު ހިޔާލު ތަފާތުވުމާ ހެދި އެ ކޯލިޝަނަށް ވެރިކަމުގެ ބާރުތަކެއް ނުލިބެ އެވެ.