Advertisement

ިސަން ސިޔާމްގެ ޕާސްޕޯޓް ހިފެހެއްޓި އަމުރު ހައިކޯޓުން ދަމަހައްޓައިފި

3 އޮގަސްޓު 2022 - 13:38 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު: ސިޔާމްގެ ޕާސްޕޯޓް ހިފެހެއްޓި އަމުރު ހައި ކޯޓުން ދަމަހައްޓައިފި - ފޮޓޯ: މަޖިލީސް


ިސަން ސިޔާމްގެ ޕާސްޕޯޓް ހިފެހެއްޓި އަމުރު ހައިކޯޓުން ދަމަހައްޓައިފި

3 އޮގަސްޓު 2022 - 13:38 0

ހިލްޓަން އިންޓަނޭޝަނަލަށް ދޭން ޖެހޭ 24 މިލިއަނަށް ވުރެ ގިނަ ޑޮލަރު ނުދީ އޮތް މައްސަލާގައި ސަން ކުންފުނީގެ ވެރިޔާ އަހްމަދު ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓަން ސިވިލް ކޯޓުން ނެރެފައިވާ އަމުރު ހައި ކޯޓުން ވެސް ދަމަހައްޓައިފި އެވެ.

ސަން ޓްރެވަލްއިން 2009 ވަނަ އަހަރު ހިލްޓަންއާ އެކު ނ. އިރުފުށި ރިސޯޓް ހިންގަން ހެދި އެއްބަސްވުން 2013 ވަނަ އުވާލީ ރަނގަޅަށް ނޫން ކަމަށް ސިންގަޕޫރް އާބިޓްރޭޝަނުން ކަނޑައަޅައި، ބަދަލުގެ ގޮތުގައި 24 މިލިއަން ޑޮލަރު ދޭން ސަންގެ މައްޗަށް އަމުރުކުރި އެވެ.

އެ ނިންމުމަށް ރާއްޖޭގެ ސުޕްރީމް ކޯޓުން ވެސް ތާއީދުކޮށްފައިވާއިރު، އެ ފައިސާ ނުދައްކައިގެން ސިޔާމްގެ ޕާސްޕޯޓް ހިފެހެއްޓީ މިދިޔަ ފެބްރުއަރީ މަހުގެ ނުވަނަ ދުވަހު އެވެ.

ސިޔާމްގެ އިތުރުން ސަން ޓްރެވެލްގެ އަނެއް ޑިރެކްޓަރު އަދި ސިޔާމްގެ ކުރީގެ އަނބިކަނބަލުން އައިޝަތު ފާއިޒްގެ ޕާސްޕޯޓް ވެސް ވަނީ ހިފަަހައްޓާފަ އެވެ.

މި މައްސަލަ ސިޔާމްގެ ފަރާތުން ހައި ކޯޓުގައި އިސްތިއާނާފް ކުރިއިރު، ހައި ކޯޓުން އިއްވި ހުކުމުގައި ވަނީ ސިޔާމްގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ފިޔަވަޅު ސިވިލް ކޯޓުން އަޅާފައިވަނީ އެ ކޯޓުން ކޮށްފައިވާ ހުކުމުގެ ފައިސާ ސިޔާމް ނުދެއްކެވުމުން އެ ނޫން ވެސް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ފަހު ކަމަށެވެ.

މީގެ އިތުރުން ކުންފުންޏަކުން ދައްކަން ޖެހޭ ސާބިތު ދަރަންޏެއް ނުދައްކާ އޮންނަ ހާލަތެއްގައި، އެ ކުންފުނީގެ ޑިރެކްޓަރުން ރާއްޖޭން ބޭރަށް ނުފުރޭ ގޮތަށް ޕާސްޕޯޓް ހިފެހެއްޓިދާނެ ކަމަށް ކުންފުނީގެ ގާނޫނުގައި ބަޔާންކޮށްފައިވާކަން ވެސް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

ހައި ކޯޓުގެ ތިން ފަނޑިޔާރަކު ބެއްލެވި މި މައްސަލާގައި އެ ގޮތަށް ހުކުމް ކުރީ ދެ ފަނޑިޔާރެއްގެ އަޣުލަބިއްޔަތުންނެވެ. މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ އިސް ފަނޑިޔާރު ހާތިފް ހިލްމީ، ފަނޑިޔާރު ހުސައިން ޝަހީދު، އަދި ފަނޑިޔާރު ފާތިމަތު ފަރްހީޒާ އެވެ.

މި މައްސަލާގައި ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓާފައިވާއިރު، ސިވިލް ކޯޓުން މީގެ ދެ އަހަރު ކުރިން ވަނީ ސަން ކުންފުނީގެ އެކައުންޓްތަކުގައި އަށް މިލިއަން ޑޮލަރު ހުރިނަމަ އެ ފައިސާ ހިފެހެއްޓުމަށް ވެސް ބޭންކްތަކަށް އަމުރުކޮށްފަ އެވެ. އެއަށް ވުރެ މަދުން ހުރި ނަމަ، އެ ކުންފުނީގެ ހުރިހާ އެކައުންޓެއްގައި ހުރި ފައިސާތައް އެއްކޮށް ހިފެހެއްޓުމަށް ވެސް އެ އަމުރުގައިވެ އެވެ.