Advertisement

ޔަމަނުގެ ވަގުތީ ސުލްހަ އަނެއްކާވެސް އިތުރު ދެ މަހަށް ދިގުދަންމާލައިފި

3 އޮގަސްޓު 2022 - 13:22 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޔަމަނުގެ މައި އެއާޕޯޓް. -- ފޮޓޯ: އޭއެފްޕީ


ޔަމަނުގެ ވަގުތީ ސުލްހަ އަނެއްކާވެސް އިތުރު ދެ މަހަށް ދިގުދަންމާލައިފި

3 އޮގަސްޓު 2022 - 13:22 0

ޔަމަނުގައި ހަނގުރާމަ ކުރުން މެދުކަނޑާލައި ވަގުތީ ގޮތުން ގާއިމްކޮށްފައިވާ ސުލްހަ އިތުރު ދެ މަހަށް ދިގުދަންމަން އެއްބަސްވެއްޖެ އެވެ.

އދ. އިން ޔަމަނަށް ކަނޑައަޅާފައި ހުންނަ މަަންދޫބު ހާންސް ގްރުންޑްބާގް ވިދާޅުވީ އޯގަސްޓް 2 އިން އޮކްޓޯބަރު 2 އާ ހަމައަށް ވަގުތީ ސުލްހަ ދެމިއޮންނާނެ ކަމަށެވެ.

"ވަގުތީ ސުލްހަ ދިގުދެންމުމުން ލިބޭ މުއްދަތުގައި ދެ ފަރާތުން ވެސް މަޝްވަރާ ފުޅާކޮށް، ދާއިމީ ސުލްހައާ ހަމައަށް ދިޔުމުގެ އެއްބަސްވުމަކަށް މަސައްކަތް ކުރާނެ،" އޭނާ ވިދާޅުވި އެވެ.

ހަތް އަހަރު ކުރިން ފެށި ޔަމަނުގެ ދާހިލީ ހަނގުރާމަ ވަގުތީ ގޮތުން މެދުކަަނޑާލީ އެޕްރީލް މަހު އެވެ. އޭގެ ދެ މަސް ފަަހުން، މިދިޔަ ޖޫން މަހު ވަގުތީ ސުލްހައިގެ މުއްދަތު އިތުރު ދެ މަހަށް ދިގުދަންމަން އެއްބަސްވި އެވެ.

ތިން ވަނަ ފަހަރަށް ވަގުތީ ސުލްހައިގެ މުއްދަތު އިތުރުކޮށްފައިވާ އިރު، އެކަމަށް އެއްބަސް ނުވާނެ ކަމަށް ބުނެ ހޫތީ ހަނގުރާމަވެރިން މިދިޔަ މަހު އިންޒާރު ދިނެވެ.

ހޫތީން އެގޮތަށް ބުނީ އެމެރިކާގެ ރައީސް ޖޯ ބައިޑެން ޖުލައި މަހު ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރާ ގުޅިގެންނެވެ.

"އެމެރިކާގެ ރައީސް މި ސަރަހައްދަށް ކުރެއްވި ދަތުރުން ނުކުންނަ، ޔަމަނުގެ އިސްތިގްލާލާއި، ސަލާމަތާއި، ހަމަޖެހުމާ ގުޅޭ އެއްވެސް ނަތީޖާއެއް ބަލައިނުގަންނާނަން،" ހޫތީންގެ ސިޔާސީ ކައުންސިލުން ނެރުނު ބަޔާނުގައި ބުންޏެވެ.

ބައިޑެން އާއި ސައުދީ ވެރިންނާ ދެމެދު ބޭއްވެވި ބައްދަލުވުމަށް ފަހު ވައިޓް ހައުސްއިން ނެރުނު ބަޔާނުގައި ބުނީ ޔަމަނުގެ ވަގުތީ ސުލްހަ ދިގުދަަންމަން ސައުދީ އަރަބިއްޔާގެ ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.

އޭގެ އިތުރުން އދ. މެދުވެރިވެ ހަނގުރާމަ ނިމުމަކަށް ގެންނަަން ބާއްވާ މަޝްވަރާތަކުގައި ބައިވެރިވާން ވެސް ސައުދީ އަރަބިއްޔާގެ ސަރުކާރު ތައްޔާރު ކަމަށް ވަައިޓް ހައުސްއިން ބުންޏެވެ.