Advertisement

ދިއްފުށީ ހަމަނުޖެހުން އަދި ޖިންސީ ގޯނާގެ މައްސަލައިގައި އަދިވެސް މީހަކު ހައްޔަރެއް ނުކުރޭ

4 އޮގަސްޓު 2022 - 11:06 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ކ.ދިއްފުށީގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން--


ދިއްފުށީ ހަމަނުޖެހުން އަދި ޖިންސީ ގޯނާގެ މައްސަލައިގައި އަދިވެސް މީހަކު ހައްޔަރެއް ނުކުރޭ

4 އޮގަސްޓު 2022 - 11:06 0

ކ. ދިއްފުށީގައި އުމުރުން 15 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އާއި އެ ތުހުމަތު ރައްދުވާ މީހާ މަގުމައްޗަށް ނެރެ އަނިޔާ ކުރި މައްސަލައިގައި އަދިވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.

މެއި 14، ގައި ދިއްފުށީ ހިނގި އެ ހާދިސާގައި ހިމެނޭ ކުޑަކުއްޖާއަށް ޖިންސީ ގޯނާކުރިކަމުގެ ހެކި ލިބިފައިވާ ކަމަށް ފުލުހުން ވަނީ އެއިރު ބުނެފަ އެވެ. އަދި އެ ތުހުމަތު ރައްދުވާ މީހާއަށް މަގުމައްޗަށް ނެރެ، ބަރަހަނާކޮށް އަނިޔާ ކުރަމުންދިޔަ މަންޒަރު ފެންނަ އެތައް ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

ނަމަވެސް އެކަމާ ގުޅިގެން ސުވާލު ކުރުމުން ފުލުހުން ބުނީ އެ ދެ މައްސަލައިގެ ތުހުމަތުގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ. އެކަމަކު އެ ދެ މައްސަލަ ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށް އަނެއްކާ ވެސް ފުލުހުން މިއަދު ބުންޏެވެ.

ދިއްފުށިން ކުޑަކުއްޖާއަށް ގޯނާ ކުރި ކަމަށް ތުހުމަތުކޮށް އަނިޔާކުރި މީހާއާ މިހާތަނަށް ފުލުހުން ސުވާލުކޮށްފައެއް ނުވެ އެވެ. އޭނާ މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

ކުޑަކުއްޖާއަށް ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މީހާއަށް ގިނަ އަދަދެއްގެ މީހުން އަނިޔާ ކުރަމުންދަނިކޮށް އެކަން ހުއްޓުވަންދިޔަ ފުލުހުންނަށް ވެސް އެ ތަނުން ވަނީ ހަމަލާދީފަ އެވެ. ފުލުހުންނަށް ހަމަލާދިން މައްސަލައިގައި އެތަނުން ދިއްފުށިން އެކަކު ހައްޔަރު ކުރި އެވެ.