Advertisement

އައިކެއާގެ "ޕްރައިޒް ޑައިސް" ޕްރޮމޯޝަން ހައެއް އޮގަސްޓާ ހަމައަށް އިތުރުކޮށްފި

1 އޮގަސްޓު 2022 - 08:31 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

އައިކެއާގެ ޕްރޮމޯޝަން އޮގަސްޓު ހަޔަކާ ހަމައަށް ވަނީ އިތުރުކޮށްފައި -- ހުސެއިން ސަޔާހު/އަދަދު


އައިކެއާގެ "ޕްރައިޒް ޑައިސް" ޕްރޮމޯޝަން ހައެއް އޮގަސްޓާ ހަމައަށް އިތުރުކޮށްފި

1 އޮގަސްޓު 2022 - 08:31 0

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އައިނު ވިއްކަމުންދާ އައިކެއާ އޮޕްޓިކަލްސް އިން ސްކޫލު ބަންދާ ދިމާކޮށް ފެށި، "ޕްރައިޒް ޑައިސް" ޕްރޮމޯޝަން އަންނަ އޮގަސްޓު މަހުގެ ހަ ވަނަ ދުވަހާއަށް ހަމައަށް އިތުުރުކޮށްފި އެވެ.

"ޕްރައިޒް ޑައިސް" ޕްރޮމޯޝަނުގައި ޑައިސްއެއް ރޯލްކޮށްގެން އަގުހުރި ތަފާތު އިނާމުތައް އައިކެއާއިން އަންނަނީ ދެމުންނެވެ. އެ ޕްރޮމޯޝަނުގައި ބައިވެރިވެވެނީ 990ރ. ގެ ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ކަމަށް އެ ފިހާރައިން ބުނެ އެވެ.

އިނާމުގެ އިތުރުން، ޑައިސް ރޯލްކޮށްގެން ބޮޑެތި ޑިސްކައުންޓު ވެސް ލިބޭނެ ކަމަށް އައިކެއާއިން ބުނެ އެވެ.

އައިކެއާގެ ވިއްކަން ހުރި ޕްރޮޑަކްޓުތައް eyecare.mv އިން ބަލާލެވޭނެ އެވެ. އަދި އެ ފިހާރައިގެ ހޮޓްލައިން ނަމްބަރު 3321026 އަށް ގުޅައިގެން "ޕްރައިސް ޑައިސް" ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

އައިކެއާ އޮޕްޓިކަލްސްގެ ފުރަތަމަ ފިހާރަ ހުޅުވާފައި ވަނީ މީގެ 19 އަހަރު ކުރިން 2003 ވަނަ އަހަރު ވެރިކަން ކުރާ މާލޭގެ ގަޑިބުރު ކައިރީގަ އެވެ. އޭގެ ފަހުން މާލޭގެ އިތުރުން ބައެއް އެހެން ރަށްރަށުގައި ވެސް އައިކެއާގެ ފިހާރަތައް ވަނީ ހުޅުވައިފަ އެވެ.

އޭގެ ފަހުން އައިކެއާާއިން ވަނީ ލޮލުގެ ފަރުވާ ދޭ ހާއްސަ ހޮސްޕިޓަލެއް ވެސް މާލޭގައި ހުޅުވައިފަ އެވެ.