Advertisement

ޑެންގީ ހުމާއި ރޯގާގެ އަދަދުތައް މަދުވެ, ބޭރަށް ހިންގުން އިތުރުވެއްޖެ

18 އޭޕްރީލް 2024 - 14:13 0

ނިމާ ހަސަން

ނިމާ ހަސަން

ރަސްފަންނުގައި ބަޔަކު ހިނގާފައި ދަނީ; ޑެންގީ ހުމާއި ރޯގާ ޖެހުނު މިންވަރު ދަށްވެ, ބޭރަށް ހިންގުން އިތުރު ވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކާ -- ފޮޓޯ: އަދަދު


ޑެންގީ ހުމާއި ރޯގާގެ އަދަދުތައް މަދުވެ, ބޭރަށް ހިންގުން އިތުރުވެއްޖެ

18 އޭޕްރީލް 2024 - 14:13 0

މި އަހަރުގެ ފެބްރުއަރީ އަދި މާޗް މަހު ޑެންގީ ހުމާއި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓު ކުރި އަދަދުތައް މަދުވެ, ބޭރަށް ހިންގުން ޖެހިގެން ރިޕޯޓުކުރި އަދަދުތައް އިތުރުވެއްޖެ އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ އަދި މާޗް މަހު ޑެންގީ ހުން ޖެހިގެން 383 މީހުން, އަރިދަފުސް ރޯގާ ޖެހިގެން 68,597 މީހުން ރިޕޯޓުކުރި އެވެ. އެހެން ނަމަވެސް މިއަހަރުގެ އެ މުއްދަތުގައި ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރީ 235 މީހުންނެވެ. އަދި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރީ 63,421 މީހުންނެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ އަދި މާޗް މަހު ބޭރަށް ހިންގުން ޖެހިގެން ރިޕޯޓުކުރީ 8,399 މީހުން ކަމަށްވާއިރު, މިއަހަރުގެ އެ މުއްދަތުގައި 10,577 މީހުންނަށް ބޭރަށް ހިންގުން ޖެހިގެން ރިޕޯޓުކުރި އެވެ.

މިދިޔަ އަހަރާ އަޅާބަލާއިރު, މިއަހަރު ބަލިތަކުގެ އަދަދު ދަށްވީ ނަމަވެސް, މިއަހަރުގެ ފެބްރުއަރީ މަހަށް ވުރެ މިއަހަރުގެ މާޗް މަހު އާންމު ބަލިތައް ރިޕޯޓު ކުރި މިންވަރު އިތުރެވެ.

ރޯގާގެ އަދަދުތައް 60,000 އިން މަތީގައި އުޅޭއިރު, މިއަހަރު މިހާތަނަށް އިންފްލުއެންޒާގެ އަލަމާތްތައް ހުރެގެން 850 މީހުން ޓެސްޓު ކުރި އެވެ. އޭގެ ތެރެއިން އިންފްލުއެންޒާއަށް ޕޮޒިޓިވްވީ 125 މީހުންނެވެ.

އިންފްލުއެންޒާގެ ޓްރެންޑަށް ބަލާއިރު މަހަކަށްވުރެ މަހެއް ދަނީ ދަށް ވަމުންނެވެ. އެގޮތުން ޕޮޒިޓިވްވި 125 މީހުންގެ ތެރޭގައި ހިމެނެނީ ޖެނުއަރީ މަހު ޕޮޒިޓިވްވި 68 މީހުން, ފެބްރުއަރީ މަހު ޕޮޒިޓިވްވި 31 މީހުން އަދި މާޗް މަހު ޕޮޒިޓިވްވި 26 މީހުންނެވެ.