31 ޖުލައި 2022 - 18:35 0
އައިޝަތު ނުޒުހާ
އައިޖީއެމްއެޗް---
31 ޖުލައި 2022 - 18:35 0
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އިމަޖެންސީ ޑިޕާޓްމެންޓުގައި މަސައްކަތް ކުރާ ނަރުހުންގެ އިންޗާޖާމެދު ހިތްހަމަނުޖެހިގެން އެތަނުގައި މަސައްކަތް ކުރާ ނަރުހުން ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން ނަރުހުންނަށް ފިޔަވަޅު އެޅި ކަމަށް ބުނާ ވާހަކަތައް އައިޖީއެމްއެޗުން ދޮގުކޮށްފި އެވެ.
އީއާރުގައި މަސައްކަތް ކުރާ ނަރުހުން ހުށަހެޅި ޕެޓިޝަނުގައި ވަނީ އީއާރުގެ ވެރިއާއާ ދެކޮޅަށް ގިނަ ތުހުމަތުތަކެއް ކޮށް، އޭނާ މަގާމުން ވަކި ކުރުމަށް ގޮވާލާފަ އެވެ.
މި ޕެޓިޝަން ހުށަހެޅުމާ ގުޅިގެން ޕެޓިޝަންގައި ސޮއިކުރި ބައެއް ނަރުހުންގެ ޑިޕާޓްމެންޓު ބަދަލު ކުރަން އައިޖީއެމްއެޗުން ނިންމާފައިވާ ކަމަށް ބައެއް ނަރުހުން ވަނީ ބުނެފަ އެވެ.
ނަމަވެސް، އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މިކަން ދޮގުކޮށްފަ އެވެ.
އައިޖީއެމްއެޗުން ބުނި ގޮތުގައި, ނަރުހުން މަސައްކަތްކުރާ ޑިޕާޓްމެންޓުތައް ބަދަލުކުރުމާ ނަރުހުން ހުށަހަޅާފައިވާ ޕެޓިޝަނާ އެއްވެސް ގުޅުމެއް ނެތެވެ.
ޕެޓިޝަނާ ގުޅިގެން ބަލަން ޖެހޭ ކަންކަން ތަހުގީގުކޮށް، ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރަމުން އަންނަ ކަމަށް ވެސް އައިޖީއެމްއެޗްގެ ބަޔާނުގައި ބުނެފައިވެ އެވެ.
ނަރުހުން ހުށަހެޅި ޕެޓިޝަނުގައި ވަނީ އިންޗާޖާ ދެކޮޅަށް 34 ޝަކުވާއެއް ހުށަހަޅައިފަ އެވެ. އެގޮތުން، ބަލި ވިޔަސް ސަލާމް ނުބުނެވުމާއި, މާބަނޑު ނަރުހުންނަށް ވެސް ގިނަ ފިއްތުންތަކެއް ކުރިމަތިކުރުވާ ފަދަ މައްސަލަތަކެއް ފާހަގަކޮށްފަ އެވެ.
Comment