Advertisement

ވިޒިޓް މޯލްޑިވްސް ޕްރޯ: ޑްރޮޕްނީ ކެޓަގަރީގައި ކުޑަ އައްޔަ ތަފާތު ދައްކައިފި

31 ޖުލައި 2022 - 23:22 0

ވިޒިޓް މޯލްޑިވްސް ޕްރޯގެ ޑްރޮޕް ނީ ކެޓަގަރީގައި ރާއްޖޭގެ ކުޑަ އައްޔަ ވާދަކުރަނީ / ފޮޓޯ: އިމޭޖަސް އެމްވީ


ވިޒިޓް މޯލްޑިވްސް ޕްރޯ: ޑްރޮޕްނީ ކެޓަގަރީގައި ކުޑަ އައްޔަ ތަފާތު ދައްކައިފި

31 ޖުލައި 2022 - 23:22 0

ވިޒިޓް މޯލްޑިވްސް ޕްރޯ 2022ގެ ޑްރޮޕްނީ ކެޓަގަރީގައި ވާދަކޮށް ރާއްޖޭގެ އެއް ވަނަ ބޮޑީބޯޑަރު އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ތަފާތު ދައްކައި މުބާރާތުގެ ތިން ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

އިންޓަނޭޝަނަލް ބޮޑީބޯޑިން ޓުއާގެ މޯލްޑިވްސް ޕްރޯގެ އިވެންޓުތައް މިއަދު ފަށާފައިވަނީ ފިރިހެން އޯޕަން އިވެންޓުތަކާ އެކުގަ އެވެ. ފިރިހެން އޯޕަން ފުރަތަމަ ބުރުގެ އިވެންޓުތައް ނިމިފައިވާއިރު، ދެ ވަނަ ބުރާއި ތިން ވަނަ ބުރުގެ އިވެންޓުތައް ކުރިއަށްދާނީ މާދަމާ އެވެ. އަންހެން އޯޕަން ބައިގެ ފުރަތަމަ ބުރުވެސް މިއަދު ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މީގެ އިތުރުން ޖޫނިއާ ޑިވިޝަންގެ ފުރަތަމަ ބުރާއި ދެ ވަނަ ބުރު މިއަދު ކުރިއަށް ދިޔަ އެވެ. މިއަދު އެންމެ ފޯރިގަދަވި ޑްރޮޕްނީ ބައިގެ ފުރަތަމަ ބުރުވެސް މިއަދު ކުރިއަށް ދިޔަ އެވެ.

ޑްރޮޕް ނީ ބައިގައި މިއަދު ކުރިއަށްދިޔަ ހީޓުތަކުގެ ތެރެއިން އެންމެ ފޯރިގަދަ ވީ ރާއްޖޭގެ ޗެމްޕިއަން ކުޑަ އައްޔަ އާއި ދުނިޔޭގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ފްރާންސްގެ އަމައުރީ ލެވާން ވާދަކުރި ހީޓެވެ. މި ހީޓުގެ ބޮޑުބައި ކުޑަ އައްޔަ އޮތީ 9.4 ގެ ސްކޯ އަކާ އެކު ލީޑުގަ އެވެ. ނަމަވެސް ހީޓު ނިމެން ދެ މިނެޓަކަށް ވެފައިވަނިކޮށް ހޯދި ސްކޯ އަކާ އެކު 9.75ގެ ސްކޯ އަކުން އަމައުރީ ހީޓު ކާމިޔާބުކުރި އެވެ.

މި ހީޓުން ކުޑަ އަައްޔަ ދެ ވަނަ އަށް ދިޔަ ކަމުގައިވިޔަސް އޭނާ އަށް ތިން ވަނަ ބުރުން ފުރުސަތު ވަނީ ލިބިފަ އެވެ. ހީޓުގެ ތިން ވަނަ އަށް ދިޔައީ 3.45ގެ ސްކޯ އަކާ އެކު މުހައްމަދު ވިއާމް އެވެ. ވިއާމް ދެ ވަނަ ބުރުގައި ވާދަކުރަން ޖެހޭނީ އިސްރާއިލްގެ ހައިމް ވަތޫރީ އާއި ޗިލީގެ ޔާކޯ ވަސްކޭޒް އަދި ރާއްޖޭގެ ހަސަން މުހައްމަދުއާ ދެކޮޅަށެވެ.

ޑްރޮޕް ނީ ކެޓަގަރީގެ ފުރަތަމަ ހީޓުގައި ވާދަކޮށް ދެ ވަނަ ހޯދައި ރާއްޖޭގެ އުއްމީދީ ބޮޑީބޯޑަރު ޝީމާލް ޝަމީމް (ޝިމައްލެ) ވެސް ވަނީ ތިން ވަނަ ބުރުން ޖާގަ ހޯދައިފަ އެވެ. އޭނާ އާއި ދެކޮޅަށް މި ހީޓުގައި ވާދަކުރީ ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި އޮތް ޑޭވިޑް ހުބާޑް އެވެ. ހުބާޑް 15.00ގެ ސްކޯ އެއް ހޯދިއިރު، ޝިމާލް އަށް ދެ ވަނަ ލިބުނީ 6.75ގެ ސްކޯ އަކުންނެވެ. ހީޓުގެ ފުލަށް ދިޔައީ އިސްރާއިލްގެ ހައިމް އެވެ.

ޑްރޮޕް ނީ ކެޓަގަރީގެ ފަހު ހީޓު ކާމިޔާބުކުރީ ފްރާންސްގެ ފަބިއަން ތަޒާ އެވެ. މީގެ ކުރިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ލުއިސް ކޮސްޓޯސް އާއި، ޗިލީގެ ޔާކޯ އަދި ރާއްޖޭގެ ހަސަންއާ ވާދަކޮށް ފަބިއަން އެއް ވަނަ ހޯދީ 13.25ގެ ސްކޯ އަކުންނެވެ. ކޮސްޓޯސް އަށް ލިބުނީ 6.65ގެ ސްކޯ އެކެވެ. ތިން ވަނަ އަށް ދިޔަ ޔާކޯ އަށް ލިބުނީ 5.25ގެ ސްކޯ އެކެވެ. ފުލަށް ދިޔަ ހަސަން އަށް ލިބުނީ 2.25ގެ ސްކޯ އެކެވެ.

މުބާރާތުގެ ޑްރޮޕް ނީ ކެޓަގަރީގެ ދެ ވަނަ ބުރާއި ތިންވަނަ ބުރު ކުރިއަށް ދާނީ މާދަމާ އެވެ.