Advertisement

މަންކީޕޮކްސް ޖެހިގެން އެފްރިކާއިން ބޭރުން ފުރަތަމަ ފަހަރަށް މަރުތަކެއް

31 ޖުލައި 2022 - 12:14 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މަންކީޕޮކްސް ފަތުރާ ވައިރަސް. -- ފޮޓޯ: ގެޓީ އިމޭޖާޒް


މަންކީޕޮކްސް ޖެހިގެން އެފްރިކާއިން ބޭރުން ފުރަތަމަ ފަހަރަށް މަރުތަކެއް

31 ޖުލައި 2022 - 12:14 0

މަންކީޕޮކްސް ޖެހިގެން ފުރަތަމަ ފަހަރަށް އެފްރިކާއިން ބޭރު ބަޔަކު މަރުވެއްޖެ އެވެ.

ބްރެޒިލްއިން އެ ބަލި ޖެހިގެން 41 އަހަރުގެ ފިރިހެނަކު މަރުވެފައިވާ އިރު، ސްޕެއިންއިން ވަނީ ދެ މީހުން މަރުވެފަ އެވެ. މިއީ ޔޫރަޕުން މި ބަލީގައި ބަޔަކު މަރުވި ފުރަތަމަ ފަހަރެވެ.

މަންކީޕޮކްސްއަކީ ދުނިޔޭގެ އާއްމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައެޅީ މިދިޔަ ހަފްތާގަ އެވެ.

މި ބަލި ޖެހޭ ގިނަ މީހުން ހާލު ގޯހެއް ނުވެ އެވެ. އަދި އާއްމުކޮށް މި ބަލި ޖެހުމުގެ ފުރުސަތު ކުޑަ ކަމަށް ވެސް ޑަބްލިއުއެޗްއޯއިން ބުނެ އެވެ.

ހުކުރު ދުވަަހު ބްރެޒިލްގެ ހެލްތު މިނިސްޓްރީން ބުނީ އެ ގައުމުން މަރުވި ފިރިހެން މީހާއަކީ ކެންސަރު ބަލި މީހެއް ކަމަަށާއި އޭނާގެ ހަށިގަނޑުގެ ދިފާއީ ނިޒާމު ހުރީ ބަލިކަށިވެފައި ކަމަށެވެ.

ބްރެޒިލްއިން މިހާތަނަށް މަންކީޕޮކްސްގެ 1،066 ކޭސް ފެނިފައިވާ އިރު، ޝައްކު ކުރެވޭ 513 ކޭސް ރިޕޯޓުކޮށްފައިވެ އެވެ. ކޭސްތަކުގެ 98 ޕަސެންޓުގައި ހިމެނެނީ އެއް ޖިންސުން ގުޅުން ހިންގާ ފިރިހެނުންނެވެ.

ސްޕެއިންގެ ހެލްތު މިނިސްޓްރީން ބުނީ އެ ގައުމުން ފުރަތަމަ މަރުވި މީހާއަކީ ސިކުނޑީގެ ކޮންޑިޝަނެއް ކަމަށްވ އެންސެފެލައިޓިސް ހުރި މީހެއް ކަމަށެވެ. އެ ގައުމުން ދެ ވަނަ މީހަކު މަރުވީ ހޮނިހިރު ދުވަހު އެވެ.

ސްޕެއިންގައި މަންކީޕޮކްސްގެ 3،750 ކޭސް ރިޕޯޓުކޮށްފައިވާ އިރު، އޭގެ ތެރެއިން 120 މީހުން ނުވަތަ 3.2 ޕަސެންޓް މީހުންނަށް ފަރުވާ ދެނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ.

އެމެރިކާގެ ސެންޓާޒް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނީ މަންކީޕޮކްސްގެ 21،148 ކޭސް އެކި ގައުމުތަކުން ފެނިފައިވާ ކަމަށެވެ.