Advertisement

އައިއެމްއެފްގެ މަޝްވަރާއިން ބޮޑު ކުރިއެރުމެއް ލިބިއްޖެ: ލަންކާ ސަރުކާރު

30 ޖުލައި 2022 - 05:37 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ: އެމަނިކުފާނު އެކުލަވާލި އާ ކެބިނެޓުން ވަނީ މަސައްކަތް ފަށާފައި. -- ފޮޓޯ: އަޑަޑެރަނަ


އައިއެމްއެފްގެ މަޝްވަރާއިން ބޮޑު ކުރިއެރުމެއް ލިބިއްޖެ: ލަންކާ ސަރުކާރު

30 ޖުލައި 2022 - 05:37 0

ސްރީލަންކާއަަށް ދިމާވެފައިވާ އިގްތިސާދީ ކާރިސާއިން އަރައިގަންނަން އެހީ ހޯދުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާ އެކު ކުރަމުންދާ މަޝްވަަރާއިން ބޮޑު ކުރިއެރުމެއް ލިބިއްޖެ ކަމަށް ލަންކާ ސަރުކާރުން ބުނެފި އެވެ.

ރައީސް ރަނިލް ވިކްރަމަސިންހަގެ މީޑިއާ ޑިވިޝަނުން ބުނީ ސިޔާސީ ގޮތުން ހަމަޖެހުން އޮތް ކެބިނެޓެއް އެކުލަވާލެވުމާ އެކު އައިއެމްއެފްގެ މަޝްވަަރާއިން ކުރިއެރުން ލިބެން ފަށާފައިވާ ކަމަށާއި މާ ލަސްތަކެއް ނުވެ އެއްބަސްވުމަކާ ހަމައަށް ދެވޭނެ ކަމަށެވެ.

"އައިއެމްއެފްއާ އެކު އުފެއްދުންތެރި އަދި ބިނާކުރަނިވި މަޝްވަރާ ކުރުމަށް ދަރަނި ދެއްކުން ދަމަހައްޓާނެ ގޮތުގެ ޕްލޭނެއް ހުށަހަޅަން ޖެހޭ. އެ މަސައްކަތަށް ހުރަސް އެޅުނީ ސިޔާސީ ހަލަަބޮލިކަމުގެ ސަބަބުން،" ރައީސްގެ މީޑިއާ ޑިވިޝަަނުން ބުންޏެވެ.

އައިއެމްއެފްގެ މަޝްވަަރާއިން ކުރިއެރުން ލިބެމުންދާ ކަމަށް ލަަންކާ ސަރުކާރުން ބުނެފައިވާ އިރު، ވޯލްޑް ބޭންކުން ހުކުރު ދުވަަހު ބުނީ ހަރުދަނާ މެކްރޯއިކޮނޮމިކް ޕޮލިސީ ފްރޭމްވޯކެއް ނުހެދެނީސް ލަންކާއަށް މާލީ އެހީތެރިކަން ފޯރުކޮށްދެވެން ނެތް ކަމަށެވެ.