Advertisement

ގްރީން ފަންޑުން މިދިޔަ މަހު 38 މަޝްރޫއަކަށް 52 މިލިއަން ރުފިޔާގެ ހޭދައެއްކޮށްފި

29 ޖުލައި 2022 - 11:09 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ނަރުދަމާގެ މަޝްރއެއް އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން: ގްރީން ފަންޑުން މިދިޔަ މަހު މިފަދަ މަޝްރޫއުތަކަށް 52 މިލިއަން ރ. ގެ ހޭދައެއްކޮށްފި


ގްރީން ފަންޑުން މިދިޔަ މަހު 38 މަޝްރޫއަކަށް 52 މިލިއަން ރުފިޔާގެ ހޭދައެއްކޮށްފި

29 ޖުލައި 2022 - 11:09 0

ގްރީން ފަންޑުން މިދިޔަ ޖޫން މަހު 38 މަޝްރޫއަކަށް ގާތްގަޑަކަށް 52 މިލިއަން ރުފިޔާ ހޭދަކޮފައިވާކަން ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މިދިޔަ މަހުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ މަހު ޖުމުލަ 70،834،704ރ. ގެ އާމްދަނީއެއް ގްރީން ފަންޑަށް ލިބުނެވެ. އަދި 38 މަޝްރޫއަކަށް 51،879،821ރ. އެ ފަންޑުން ހޭދަ ކުރި އެވެ.

ހޭދަކުރި މަޝްރޫއުތަކުގެ ތެރެއިން ފަސް މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ހަރަދުކޮށްފައިވަނީ އެންމެ ހަތަރު މަޝްރއަކަވެ.

އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ އދ. ހަންޏާމީދގެ ފެނުގެ ނިޒާމު ގާއިމް ކުރުމުގެ މަޝްރޫއަށެވެ. އެއީ 7،225،829ރ. އެވެ. ދެވަަނައަށް އެންމެ ބޮޑު ހޭދައެއް ކުރީ ފ. މަގޫދޫ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމުގެ މަޝްރޫއަށެވެ. އެއީ 6،727،343ރ. އެވެ.

ތިން ވަނައަށް އެންމެ ބޮޑު ހޭދައެއް ކުރީ މ. ނާލާފުށި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމުގެ މަޝްރޫއަށެވެ. އެއީ 6،361،769ރ. އެވެ. ހަތަރު ވަނައަށް އެންމެ ބޮޑު ހޭދައެއް ކުރީ ތ. ދިޔަމިގިލި ފެނުގެ ނިޒާމު ގާއިމް ކުރުމުގެ މަޝްރޫއަށެވެ. އެއީ 5،495،686ރ. އެވެ.

އޭގެ އިތުރުން ނ. ޅޮހި، ރ. ވާދ، ރ. ރަސްގެތީމު، ބ. ހިތާދޫ، އދ. ކުނބުރުދޫ، ތ. ގާދިއްފުށި، ގއ. ކަނޑުހުޅުދޫ، ށ. ކޮމަންޑޫ، ހދ. ފިނޭގެ ފެނާއި ނަރުދަމާގެ މަޝްރޫއަށް ވެސް ހޭދަކޮށްފައިވެ އެވެ.

ގދ. މަޑަވެއްޔާއި އއ. މަތިވެރި އާއި ގއ. ގަމަނަފުއްޓާއި ރ. އިންނަމާދޫގެ ނަރުދަމާ ނިޒާމުގެ މަސައްކަތާއި ނ. ހޮޅުދޫ އާއި ތ. ދިޔަމިގިއްޔާއި ފ. ނިލަންދޫ ފެނުގެ ނިޒާމު ގާއިމް ކުރުމުގެ މަޝްރޫއަށް ވެސް އެ ފަންޑުން ހޭދަކޮށްފައިވެ އެވެ.

ހއ. ދިއްދޫ އާއި އދ. ކުނބުރުދޫ އާއި ވ. ރަކީދޫ އާއި ނ. ހެނބަދޫ އާއި ބ. ކެންދޫ އާއި ބ. ދަރަވަންދޫ އަދި ފުވައްމުލައް ސިޓީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަށް ވެސް މިދިޔަ މަހު ގްރީން ފަންޑުން ހޭދަކޮށްފައިވެ އެވެ.

ގްރީން ފަންޑަކީ ތިމާވެއްޓާ ގުޅުން ހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓެކްސް އެކެވެ. އެ ޓެކްސް ރިސޯޓްތަކާއި ގެސްޓްހައުސް އާއި ސިޓީ ހޮޓާތަކާއި ސަފާރީތަކަށް އަންނަ ފަތުރުވެރިން އަތުން ނަގަ އެވެ.

ރިސޯޓުތަކާއި ސަފާރީއާއި ހޮޓާތަކަށް އަންނަ ފަތުރުވެރިން، އެއިން ތަނެއްގައި ނުވަތަ އުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، ފަތުރުވެރިއަކު ހަ ޑޮލަރު ދައްކަން ޖެހެ އެވެ. އަދި ގެސްޓް ހައުސްތަކަށް އަންނަ ފަތުރުވެރިން، އެ ތަނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ފަތުރުވެރިއަކު ތިން ޑޮލަރު ދައްކަން ޖެހެ އެވެ.