Advertisement

ޗެސް ރޮބޮޓެއް ކުއްޖެއްގެ އިނގިލި ބިންދާލައިފި

25 ޖުލައި 2022 - 05:45 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ރޮބޮޓަކާ އެކު ޗެސް ކުޅެނީ.


ޗެސް ރޮބޮޓެއް ކުއްޖެއްގެ އިނގިލި ބިންދާލައިފި

25 ޖުލައި 2022 - 05:45 0

މިދިޔަ ހަފްތާގައި މޮސްކޯގައި ކުރިއަށް ދިޔަ ޗެސް މެޗެއްގެ ތެރެއިން ރޮބޮޓެއް ހަތް އަހަރުގެ ފިރިހެން ކުއްޖެއްގެ އިނގިލި ބިންދާލާފައިވާ ކަމަށް ރަޝިއާގެ ނޫސްތަކުން ބުނެފި އެވެ.

"އެ ކުއްޖާގެ އިނގިލީ ބިންދާލީ ރޮބޮޓު. މިއީ ހިނގައިގެން ވާނެ ކަމެއް ނޫން،" މޮސްކޯ ޗެސް ފެޑެރޭޝަންގެ ރައީސް ސާގެއި ލަޒަރޭވް ޓަސް ނިއުސް އެޖެންސީއަށް ވިދާޅުވި އެވެ.

ސޯޝަަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއިން ފެންނަނީ ރޮބޮޓާ އެކު ކުއްޖަކު ޗެސް ކުޅެން އިންނަ މަންޒަރެވެ. އެ ކުއްޖާ ކުޅެން މަސައްކަތް ކުރުމުން، ކުއްލިއަކަށް ރޮބޮޓް އިނގިލީގައި ހިފާ މަަންޒަރު ފެނެ އެވެ.

އެ ކުއްޖާއަށް އެހީވުމަާށް ހަތަރު މީހުން ގާތްވެ އެވެ. އިރުކޮޅަކުން އެ ކުއްޖާގެ އިނގިލި ނައްޓާލަައި ދުރަށް ގެންދެ އެވެ.

ލަޒަރޭވް ވިދާޅުވީ މީގެ ކުރިން ވެސް އެ ރޮބޮޓް ގިނަ މެޗުތަކެއް ކުޅުނު ކަމަށާއި އެފަދަ މައްސަލައެއް ކުރިން ދިމާ ނުވާ ކަމަށެވެ.

ޓަސް ނިއުސް އެޖެންސީން ބުނީ އަނިޔާވި ކުއްޖާ މުބާރާތުގެ ބާކީ ބައި ފުރިހަމަ ކުރީ އިނގިލީގައި ކާސްޓެއް އަޅައިގެންނެވެ.