Advertisement

މާވެލް އެވެންޖާޒްގެ މުޅިން އާ ދެ ފިލްމު ޑިޒްނީއިން އިއުލާންކޮށްފި

24 ޖުލައި 2022 - 15:07 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މާވެލް އެވެންޖާޒްގެ ކެރެކްޓާތައް: އަލަށް ނެރޭ ފިލްމުތައް އިއުލާން ކުރީ ކޮމިކް ކޮން އިވެންޓުގައި.


މާވެލް އެވެންޖާޒްގެ މުޅިން އާ ދެ ފިލްމު ޑިޒްނީއިން އިއުލާންކޮށްފި

24 ޖުލައި 2022 - 15:07 0

ސޭން ޑިއޭގޯ، އެމެރިކާ (ޖުލައި 24) - މާވެލް ސުޕަަހީރޯ މުޅިން އާ ފިލްމުތަކާ އެކު އެވެންޖާޒްގެ އާ ދެ ފިލްމު ނެރެން ތަައްޔާރުވަަމުންދާކަން ޑިޒްނީއިން އިއުލާންކޮށްފި އެވެ.

އެކަން އިއުލާނު ކުރި ކޮމިކް ކޮން އިވެންޓުގަ އެވެ. އެ އިވެންޓުގައި ޑިޒްނީއިން ވަނީ 2018 ވަނަ އަހަރު ނެރުނު "ބްލެކް ޕެންތާ" ފިލްމުގެ ދެ ވަނަ ބައިގެ ޓްރެއިލާއެއް ވެސް ދައްކާފަ އެވެ.

ރެކޯޑުތައް މުގުރަމުންދާ މާވެލް ފިލްމުތަކުން ހޮލީވުޑާއި ދުނިޔޭގެ ބޮކްސް އޮފީސް ވެސް ފަތަހަކޮށްފައިވާ އިރު، 2019 ވަނަ އަހަރުގެ "އެވެންޖާޒް: އެންޑްގޭމް" އިން 2.79 ބިލިއަން ޑޮލަަރާ އެކު ބޮޑު ފައިދާއެއް ހޯދި އެވެ.

ޑިޒްނީއިން އިއުލާނު ކުރި ގޮތުގައި "އެވެންޖާޒް: ދަ ކާންގް ޑައިނަސްޓީ" އަދި "އެވެންޖާޒް: ސީކްރެޓް ވޯޒް" ނެރޭނީ 2025 ގަ އެވެ.

އޭގެ އިތުރުން "ތަންޑާބޯލްޓްސް" އަދި "ފެންޓާސްޓިކް ފޯ" ނެރޭނީ 2024 ގަ އެވެ. "ބްލޭޑް" ނޮވެމްބަަރު 2023 ގައި ނެރެން ތައްޔާރުވާ އިރު، "ކެޕްޓަން އެމެރިކާ: ނިއު ވޯލްޑް އޯޑާ" ނެރޭނީ މޭ 2024 ގަ އެވެ.

މާވެލް ފިލްމުތަކުގެ ތެރެއަށް ތައާރަަފްވާ އެ ސެލެބްރިޓީންގެ ތެރޭގައި ހިމެނެނީ ބިލް މަަރީ އަދި އޮލިވިއާ ކޮލްމޭން އެވެ. އެއީ "އޭންޓް މޭން އެންޑް ދަ ވޯސްޕް: ކުއާންޓުމޭނިއާ" ފިލްމު އަދި ޑިޒްނީ ޕްލަސްގެ ސީރީޒް "ސީކްރެޓް އިންވޭޝަން" އިންނެވެ.