Advertisement

ޑިމޮކްރަސީ ދުވަސް ފާހަގަކުރަން މަޖިލީހުން މަޒުމޫނާއި އާޓް މުބާރާތެއް

24 ޖުލައި 2022 - 11:24 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ރައްޔިތުން މަޖިލީހުގެ އިދާރާ-- ފޮޓޯ: އަދަދު


ޑިމޮކްރަސީ ދުވަސް ފާހަގަކުރަން މަޖިލީހުން މަޒުމޫނާއި އާޓް މުބާރާތެއް

24 ޖުލައި 2022 - 11:24 0

ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަސް ފާހަގަ ކުރުމަށް މަޖިލީހުން އިސްނަގައިގެ މަޒުމޫނު ލިޔުމުގެ މުބާރާތަކާއި ކުރެހުމުގެ މުބާރާތެއް ބާއްވަން ނިންމާ، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ބައިވެރިވުމަށް ހުޅުވާލާފައިވާ މި މުބާރާތްތަކުގައި ބައިވެރިވާ ފަރާތްތަކަށް އިނާމަކަށް ކަނޑައަޅާފައި ވަނީ ފައިސާގެ އިނާމެވެ.

1ވަނަ އިނާމް: 5000ރ.

2ވަނަ އިނާމް: 4000ރ.

3ވަނަ އިނާމް: 3000ރ.

މި މުބާރާތްތަކުން ކުރެހުމުގެ މުބާރާތާއި މަޒުމޫނު ލިޔުމުގެ މުބާރަތުގައި ބައިވެރިވާން ހުށަހަޅަން ޖެހެނީ ވަކި ފޯމެކެވެ. ފޯމު ހުށަހަޅަން ޖެހެނީ މަޖިލީހުގެ މެއިލަަށެވެ.

ޑިމޮކްރަސީ ދުވަސް ފާހަގަ ކުރުމަށް ރާއްޖޭގައި ވެސް ތަފާތު ކަންކަން ކުރެ އެވެ. އެގޮތުން, މިދިޔަ އަހަރު އިލެކްޝަން ކޮމިޝަނުން ވަނީ އެ ދުވަސް ފާހަގަކުރުމުގެ ގޮތުން 2021އިން 2025އަށް އެކުލަވައިލާފައިވާ ސްޓްރެޓީޖިކް ޕްލޭނެއް އިފްތިތާހުކޮށްފަ އެވެ.

ދުނިޔޭގެ ޑިމޮކްރަސީ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު 15 ވަނަ ދުވަހެވެ. އދ. ގެ އާއްމު މަޖިލީހުގެ ގަރާރަކުން އެގޮތަށް ފާސްކޮށްގެން 2007 ވަނަ އަހަރުން ފެށިގެން މިދުވަސް އަންނަނީ ފާހަގަ ކުރަމުންނެވެ.