Advertisement

ނޮޅިވަރަމް ދާއިރާއަށް ހޮވުނު މުހައްމަދު ރަޝީދު ވެސް ޕީއެންސީއަށް ސޮއިކޮށްފި

24 އޭޕްރީލް 2024 - 23:25 0

އަމަން ހަލީމް

އަމަން ހަލީމް

ނޮޅިވަރަމް ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު ރަޝީދު: އޭނާއަކީ އަމިއްލަ ގޮތުން ވާދަކުރައްވާ ގޮނޑި ހޯއްދެވުމަށް ފަހު ޕީއެންސީއަށް ސޮއިކުރެއްވި ހަތް ވަނަ އިންތިހާބީ މެމްބަރު -- ފޮޓޯ: ޕީއެންސީ


ނޮޅިވަރަމް ދާއިރާއަށް ހޮވުނު މުހައްމަދު ރަޝީދު ވެސް ޕީއެންސީއަށް ސޮއިކޮށްފި

24 އޭޕްރީލް 2024 - 23:25 0

އަންނަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އެ ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު ރަޝީދު ވެރިކަން ހިންގާ ކޯލިޝަނުގެ މައި ޕާޓީ، ޕީއެންސީއަށް މިއަދު ސޮއިކޮށްފި އެވެ.

މުހައްމަދު ރަޝީދަކީ އަމިއްލަ ގޮތުން ވާދަކުރައްވާ މަޖިލީހަށް އިންތިހާބު ވެވަޑައިގެންނެވި ބޭފުޅެކެވެ. އޭނާ ޕީއެންސީއަށް ސޮއިކުރުމާ އެކީ ރައްޔިތުންގެ މަޖިލީހުގައި ތިބޭނެ އެ ޕާޓީގެ މެމްބަރުންގެ އަދަދަކީ 73 އެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރުން ނަގާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ޕީއެންސީ ޓިކެޓުގައި އިންތިހާބުވީ 66 މެމްބަރުންނާއި އަމިއްލަ ގޮތުން ވާދަކޮށް ގޮނޑި ކާމިޔާބުކުރެއްވި ހަތް މެމްބަރުންގެ އިތުރުން ސަރުކާރާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި އެމްޑީއޭގެ ޓިކެޓުގައި ވެލިދޫ ދައިރާއަށް އިންތިހާބުވީ މުހައްމަދު އައްބާސް އެވެ.

މިއާ އެކީ ސަރުކާރުން ބޭނުންވާ ގޮތަށް ވޯޓު ދޭން މަޖިލީހުގައި ތިބޭނެ މެމްބަރުންގެ އަދަދު ވަނީ 77 އަށް އިތުރުވެފަ އެވެ. މިއީ މިދިޔަ މަޖިލީހުގައި އެމްޑީޕީއަށް ލިބުނު ވަރަށް ވުރެ ވެސް ބޮޑު އަގުލަބިއްޔަތެކެވެ.

އާ މެމްބަރުން ހުވާ ކުރާނީ އަންނަ މަހުގެ 28 ގަ އެވެ.