Advertisement

އަގުހުރި އިނާމުތަކާ އެކު ވެލިގާ ފެންޓަސީ ލީގު ފަށައިފި

23 ޖުލައި 2022 - 19:29 0


އަގުހުރި އިނާމުތަކާ އެކު ވެލިގާ ފެންޓަސީ ލީގު ފަށައިފި

23 ޖުލައި 2022 - 19:29 0

ކުރިއަށް އޮތް އިނގިރޭސި ޕްރިމިއާ ގުޅިގެން އަގުހުރި އިނާމުތަކެއް ލިބޭ ގޮތަށް ވެލިގާ ހާޑްވެއާގެ ފެންޓަސީ ލީގު ފަށައިފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ފެންޓަސީ ލީގު، (އެފްޕީއެލް) އަކީ މުޅި ދުނިޔޭގެ ނިސްބަތުން ބެލިޔަސް ވަރަށް ފޯރީގައި ކުރިއަށްދާ މަގުބޫލު ގޭމެކެވެ. ކޮންމެ މީހަކަށް ވެސް ވަކިން ޓީމެއް ހަދާލައިގެން ޕްރައިވެޓް ލީގުތަކެއްގައި ވާދަކުރުމުގެ ފުރުސަތު ލިބެ އެވެ.

އެގޮތުން، ވެލިގާއިން މިފަހަރު ވެސް ފެންޓަސީ ލީގެއް ބާއްވަނީ އިނގިރޭސި ޕްރިމިއާ ލީގަކީ އެ ކުންފުނީގެ ކަސްޓަމަރުންގެ މެދުގައި ވެސް މަގުބޫލު ލީގަކަށްވުމާ އެކު ކަސްޓަމަރުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކަމަށް ބުންޏެވެ.

ވެލިގާ ފެންޓަސީ ލީގުގެ ވަނަވަނައަށް ވަނީ އަގުހުރި އިނާމުތަކެއް ކަނޑައަޅާފަ އެވެ. މުޅި ލީގުން އެއްވަނައަށް ދާ މެނޭޖަރަކަށް 50،000ރ. ގެ އިނާމެއް ވަނީ ކަނޑައަޅާފަ އެވެ. އޭގެ އިތުރުން، އިތުރު 10 މެނޭޖަރުންނަށް 2،000ރ. ގެ ގިފްޓް ވައުޗަރެއް ވެސް ދޭނެ ކަމަށް ވެލިގާއިން މައުލޫމާތު ދެ އެވެ.

އަދި، ކޮންމެ ހަފްތާއަކު ވެސް އެއްވަނައަށް ހޮވޭ މެނޭޖަރަކަށް 3،000ރ. ގެ ގިފްޓް ވައުޗަރެއް ދޭން ވަނީ ނިންމާފަ އެވެ.

ވެލިގާ ފެންޓަސީ ލީގަށް 5j7lm2 ކޯޑު ޖައްސަވައިގެން ވަދެވޭނެ އެވެ. ލީގުގައި ބައިވެރިވުމުގެ ފުރުސަތު ސެޕްޓެމްބަރު 30 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ. މި ލީގުގައި ހުރިހާ ދިވެހިންނަށާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ނިމިގެންދިޔަ ފެންޓަސީ ސީޒަނުގައި ވެސް ވެލިގާއިން ބޮޑު ލީގެއް ބޭއްވި އެވެ. އެ ލީގުގައި 12،000 އަށްވުރެ ގިނަ މެނޭޖަރުން ބައިވެރިވި ކަމަށް ވެލިގާ އިން މައުލޫމާތު ދެ އެވެ. މިދިޔަ ސީޒަނުގެ ލީގުގެ އެއްވަނައަށް ވެލިގާއިން 30،000ރ. ގެ އިނާމެއް ދިނެވެ.