Advertisement

އަންހެނުންގެ ޔޫރޯ: އޮސްޓްރިއާ ބަލިކޮށް ޖަރުމަން ސެމީ އަށް

22 ޖުލައި 2022 - 19:11 0


އަންހެނުންގެ ޔޫރޯ: އޮސްޓްރިއާ ބަލިކޮށް ޖަރުމަން ސެމީ އަށް

22 ޖުލައި 2022 - 19:11 0

ލަންޑަން (ޖުލައި 22) - އަންހެނުންގެ ޔޫރޯގެ ކުއާޓާ ފައިނަލްގައި ރޭ އޮސްޓްރިއާ އަތުން 2-0 އިން މޮޅުވެ، ޖަރުމަން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ނުވަ ވަނަ ފަހަރަށް މި މުބާރާތުގެ ތަށި ހޯދުމުގެ އަޒުމުގައި އޮތް ޖަރުމަން ސެމީން ޖާގަ ހޯދީ ލީނާ މަގުލް އާއި އެލެކްޒަންޑާ ޕޮޕް ޖެހި ލަނޑުތަކާ އެކު އޮސްޓްރިއާ ބަލިކުރުމަށް ފަހު އެވެ.

އޮސްޓްރިއާ އިން މި މެޗުގައި ތިން ފަހަރު ދަނޑީގައި ޖެހި އެވެ. އެކަމަކު، ރޭގެ މެޗުގައި އެ ޓީމު ނަސީބު ވަރަށް ދަށެވެ.

ސެމީ ފައިނަލްގައި ޖަރުމަނާ ދެކޮޅަށް ނުކުންނާނީ ފްރާންސް ނޫނީ ނެދަލޭންޑްސް އެވެ.

"އަހަރަމެންނާ ދެކޮޅަށް ކުޅުނީ ވަރަށް ރަނގަޅު ޓީމެއް. އޮސްޓްރިއާގެ ޓީމަށް ތައުރީފް ހައްގު،" މެޗަށް ފަހު އޮސްޓްރިއާގެ ކޯޗު މާޓީނާ ވޮސް ޓެކްލެންބާގް ބުންޏެވެ.

"އެކަމަކު، އަހަރެން ގަބޫލްކުރާ ގޮތުގައި މި މެޗުގައި އަހަރަމެންނަށް މޮޅެއް ހައްގު."

މި އަހަރުގެ ޔޫރޯ ހޯސްޓްކުރާ ގައުމު ކަމަށްވާ އިންގްލެންޑް ވެސް ވަނީ މުބާރާތުގެ ސެމީން ޖާގަ ހޯދައިފަ އެވެ. ކުއާޓާ ފައިނަލްގައި އިންގްލެންޑް ވަނީ އިއްޔެ ސްޕެއިން އަތުން 2-1 އިން މޮޅުވެފަ އެވެ.

ކުއާޓާ ފައިނަލްގައި މިރޭ ބައްދަލުކުރާނީ ސްވިޑަން އާއި ބެލްޖިއަމް އެވެ. އަދި މާދަމާ ރޭ ކުޅޭ ފަހު ކުއާޓާ ފައިނަލްގައި ފްރާންސް އާއި ނެދަލޭންޑްސް ކުރިމަތިލާނެ އެވެ.