Advertisement

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީގައި ކިނބިދޫގައި ޕިކްނިކް ސަރަހައްދެއް، ލަންދޫގައި ބާބަކިއު އޭރިއާއެއް

21 ޖުލައި 2022 - 12:46 0

ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ގާއިމްކުރި ކިނބިދޫ ޕިކްނިކް ސަރަހައްދު-- ފޮޓޯ: ބީއެމްއެލް


ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީގައި ކިނބިދޫގައި ޕިކްނިކް ސަރަހައްދެއް، ލަންދޫގައި ބާބަކިއު އޭރިއާއެއް

21 ޖުލައި 2022 - 12:46 0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކޮމިއުނިޓީ ފަންޑުގެ އެހީގައި ތ. ކިނބިދޫގައި ޕިކްނިކް ދާނެ ސަރަހައްދަކާއި ނ. ލަންދޫގައި ބާބަކިއު ސަރަހައްދެއް ގާއިމްކޮށްފި އެވެ.

ކިނބިދޫ ޕިކްނިކް ސަރަހައްދުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެ ރަށު ސުކޫލުންނެވެ. އަދި، އެ ތަން ބަލަހައްޓާނީ ވެސް އެ ސުކޫލުގެ ދަރިވަރުންނާއި އެ ރަށުގެ ރައްޔިތުންނެވެ.

ރަށުގައި ދަތުރު ދާނެ ސަރަހައްދެއް ތަރައްގީކޮށްފައިވަނީ ހަޓުތަކާއި ޖޯލިތައް ބަހައްޓައިގެން ބާބަކިއު ސަރަހައްދެއް ވެސް ހިމެނޭ ހެންނެވެ. އަދި، އެ ސަރަހައްދުގައި މޫދަށް އެރޭ މީހުން ފެންވެރޭނެ ހެން އައުޓްޑޯ ޝަވަރުތައް ވެސް ވަނީ ބަހައްޓާފަ އެވެ.

ކިނބިދޫ ޕިކްނިކް އޭރިއާ


އެ ރަށުގައި އާންމުކޮށް ދަތުރު ދާނެ ސަރަހައްދެއް ނެތުމާ އެކު، ކޮމިއުނިޓީ ފަންޑުގެ އެހީގައި ގާއިމް ކުރި ޕިކްނިކް އޭރިއާއާއެކު އެ ކަން ހައްލުވެގެން ދާނެ ކަމަށް އެ ރަށު ރައްޔިތުން ބުނެ އެވެ.

ލަންދޫގައި ބާބަކިއު ސަރަހައްދެއް ގާއިމްކުރުމަށް ހުށަހެޅީ އެ ރަށުގެ ރައްޔިތެއް ކަމަށްވާ އަހުމަދު ރަޝީދެވެ.

އެ ބާބަކިއު ސަރަހައްދު ތަރައްގީކޮށްފައިވަނީ ބާބަކިއު ހަދާނެ ތަނެއްގެ އިތުރުން ކެންޓީނަކާއި މިނީ ލައިބްރަރީއެއް ވެސް ހިމެނޭ ގޮތަށެވެ. އަދި، އެ ސަރަހައްދުގައި އާންމުން އިށީނދެ ތިބުމަށް ޖޯލި ވެސް ވަނީ ޖަހައިފަ އެވެ.

އަހުމަދު ރަޝީދު ބުނި ގޮތުގައި އަމާޒަކީ އެ ރަށުގައި އާއިލާތަކާއި ރައްޓެހިން ވަގުތު ހޭދަކޮށްލަން ހިތްފަސޭހަ ތަނެއް ހޯދައިދިނުމެވެ.

ބީއެމްއެލްގެ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.

ކޮންމެ ކުއާޓާއެއްގައި ފަސް ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 50،000ރ. ބީއެމްއެލް އިން ކަނޑައަޅަ އެވެ.

އާންމު ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް ހާއްސަ ކުރެވިގެން ކޮންމެ އަހަރަކުވެސް ކޮމިއުނިޓީ ފަންޑުގެ ދަށުން އެއް މިލިއަން ރުފިޔާގެ މާލީ އެހީތެރިކަން ބީއެމްއެލް އިން ފޯރުކޮށްދެ އެވެ.