Advertisement

ބައިޑެންގެ ދަތުރަށް ފަހު ތެޔޮ އުފެއްދުން އިތުރު ކުރާނެ ކަމަށް ބެލެވޭ: އެމެރިކާ

19 ޖުލައި 2022 - 11:21 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެމެރިކާގެ ރައީސް ޖޯ ބައިޑެން ސައުދީ އަރަބިއްޔާގެ ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާންއާ އެކު: ބައިޑެން ވަނީ ސައުދީ ރަަސްގެފާނާ ވެސް ބައްދަލުކުރައްވާފައި. -- ފޮޓޯ: އެނާޖީ އިންޓެލް


ބައިޑެންގެ ދަތުރަށް ފަހު ތެޔޮ އުފެއްދުން އިތުރު ކުރާނެ ކަމަށް ބެލެވޭ: އެމެރިކާ

19 ޖުލައި 2022 - 11:21 0

އެމެރިކާގެ ރަައީސް ޖޯ ބައިޑެން މިދިޔަ ހަފްތާގައި މެދުއިރުމައްޗަށް ކުރެއްވި ދަތުރަށް ފަހު އޯޕެކް ޕްލަސް ގައުމުތަކުން ސާފު ނުކުރާ ތެޔޮ އުފެއްދުން އިތުރު ކުރުން އެކަށީގެންވާ ކަމަށް ވައިޓް ހައުސްއިން ބުނެފި އެވެ.

"[ދަތުރުގެ] ކާމިޔާބު ވަަޒަން ކުރަން ފަށާނީ ހަަފްތާތަކެއް ފަހުން. އަޅުގަނޑުމެން ލަަފާ ކުރަނީ ސާފު ނުކުރާ ތެޔޮ އުފެއްދުން އިތުރު ވާނެ ކަމަށް. އެކަމަކު އެކަމަށް ހަފްތާތކެއް ހޭދަ ވާނެ އަދި އެ ނިންމުން ނިންމާނީ އޯޕެލް ޕްލަސް ގައުމުތަކުން،" ވައިޓް ހައުސްގެ ތަރުޖަމާނު ކެރީން ޖޯން ޕިއޭ ހޯމަ ދުވަހު ވިދާޅުވި އެވެ.

ބައިޑެން މެދުއިރުމައްޗަށް ކުރެއްވި ފުރަތަމަ ދަތުރުގައި ސައުދީ އަރަބިއްޔާއަށް ވަޑައިގެން އެ ގައުމުގެ ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާން އާއި އެހެން ވެރިންނާ ބައްދަލުކުރެއްވި އެވެ. އޭގެ އިތުރުން ތެލުގެ މުއްސަނދިކަން ބޮޑު މެދުއިރުމަތީގެ ގަލްފް ކޯޕޮރޭޝަން ކައުންސިލް (ޖީސީސީ) ގައުމުތަކުގެ ވެރިންނާ ވެސް ބައިޑެން ބައްދަލުކުރެއްވި އެވެ.

އަންނަ ނޮވެމްބަރު މަހުގެ އަށް ވަނަ ދުވަހު އެމެރިކާގެ ރިޔާސީ ދައުރުގެ މެދުތެރޭގައި އޮންނަ އިންތިހާބު ބާއްވާ އިރު، ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީއިން މަސައްކަތް ކުރާނީ ކޮންގްރެސްގެ ކޮންޓްރޯލް ދެމެހެއްޓުމަށެވެ. އެ އިންތިހާބުގެ ކުރިން ގޭހާއި ތަކެތީގެ އަގު ކުޑަ ކުރަން ބައިޑެންގެ ސަރުކާރަށް ޕްރެޝަރު ބޮޑެވެ.

މިދިޔަ ފެބްރުއަރީ މަހު ރަޝިއާއިން ޔޫކްރެއިންގައި ހަނގުރާމަ ފެށުމުން، އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ރަޝިއާއާ ދެކޮޅަށް އެޅި ފިޔަވަޅުތަކ ހެދި މާޗް މަހުގެ ތެރޭގައި ތެލުގެ އަގު ހިފެހެއްޓުމެއް ނެތި މަތިވި އެވެ. އެގޮތުން 2008 ވަނަ އަހަރަށް ފަހު މަތި ނުވާ މިންވަރަށް އުފުލި، ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު 139 ޑޮލަރަށް އެރި އެވެ.

އޭގެ ފަހުން ތެލުގެ އަަގު ވަނީ ތިރިވާން ފަށާފަ އެވެ. ސައުދީ އަރަބިއްޔާ އާއި ރަޝިއާ ހިމެނޭ އޯޕެކް ޕްލަސްގެ ބައްދަަލުވުމެއް ދެން އެންމެ އަވަހަށް އޮންނާނީ އޯގަސްޓް ތިން ވަނަ ދުވަހު އެވެ.