18 ޖުލައި 2022 - 23:01 1
ފާތިމަތު އަޖްފާން
18 ޖުލައި 2022 - 23:01 1
ކ. ދިއްފުށީގައި ކުޑަކުއްޖަކަަށް ޖިންސީ ގޯނާ ކުރިކަމަަށް ތުހުމަތުކޮށް މީހަކަށް ބޮޑެތި އަނިޔާތަކެއް ކޮށްފައި ވަނިކޮށް ކުޑަކުއްޖާއަށް ޖިންސީގޯނާ ކުރިކަމުގެ ހެކި ލިބިފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާއަށް އެ ރަށުން ބަޔަކު ވަނީ ވަރަށް ބޮޑަށް އަނިޔާކޮށްފަ އެވެ. އެ މައްސަލަ ހޫނުވެ އެ މީހާ ނިސްބަތްވާ ގއ. ވިލިނގިލި މީހުން މިއަދު ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި އޮތީ ބުނީ މިހާތަނަށް ކުރެވުނު މަސައްކަތުން ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމުގެ ހެކި ލިބިފައިވާ ކަމަށެވެ.
އެ މައްސަލައިގައި ފުލުހުން އެހީތެރިވެ ނުދިން ކަމަށް އަނިޔާ ލިބުން ފަރާތުން ތުހުމަތު ކުރާތީ އެކަން ވެސް ފުލުހުންގެ ޕްރޮފެޝަނަލް ކޮމާންޑުން ބަލަމުންދާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
އެ މާރާމާރީއާ ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައި ވަނީ އެންމެ މީހަކެވެ. އެއީ ފުލުހަކަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ 22 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ގެންދިއުމުން 10 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭގެ އިތުރުން ފުލުހުން ބުނެފައި ވަނީ، އެފަދަ މައްސަލަތަކުގައި އާންމުން ނިކުމެ "އަމިއްލައަށް ކަންތައްތަކެއް ކުރަން" އުޅުމުގެ ބަދަލުގައި އޮންނަ އުސޫލުގެ ތެރެއިން ކަންކަން ކުރިއަށް ގެންދިއުމަށެވެ.
Comment