18 ޖުލައި 2022 - 15:58 0
ފާތިމަތު އަޖްފާން
އެސްއޯ ފުލުހުންތަކެއް މަގުމަތީގައި ހަރަކާތްތެރިވަނީ: ދިއްފުށީގައި ހަމަލާ ދިނީ އެ ރަށަށް ދަތުރު ގޮސް އުޅުނު މީހަކަށް، ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި--- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
18 ޖުލައި 2022 - 15:58 0
ކ. ދިއްފުށީގައި އާންމުންގެ ބަޔަކު އެއްވެގެން، މީހަކަށް ވަރަށް އަނިޔާ ކުރަމުންދަނިކޮށް އޭނާއަށް ރައްކާތެރިކަން ފޯރުކޮށްދޭން ދިޔަ ފުލުހުންގެ ތެރެއިން ފުލުހަކު ފުލުހުންގެ ދައުރު އަދާކުރުމުގައި އިހުމާލުވެފައިވާ ކަމަށް އަނިޔާ ލިބުނު މީހާކޮށްފައިވާ ތުހުމަތާއި ގުޅިގެން އެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑްސް އިން ބަލަަން ފަށައިފި އެވެ.
ދިއްފުށީގައި ހަމަލާ ދިނީ އެ ރަށަށް ދަތުރު ގޮސް އުޅުނު މީހަކަށް، ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގަ އެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނެ ދިއްފުށީގައި މާރާމާރީ ހިންގި މީހާއަށް ވަނީ ވަރަށް ބޮޑެތި އަނިޔާތައް ލިބިފަ އެވެ. އެގޮތުން، އޭނާގެ މޫނު މަތި ދުޅަވެފައި ވާއިރު އެނާގެ ވާތު ލޮލަށް ވެސް ވަނީ ގެއްލުން ވެފަ އެވެ.
މިހާރު ދައުރުވަމުންދާ ވީޑިއޯގައި އަނިޔާ ލިބުން މީހާ ބުނެފައި ވަނީ އޭނާއަށް އަނިޔާ ކުރީ ފުލުހުންގެ ކުރިމަތީގައި ކަމަށާއި ހުއްޓުވަން ފުލުހުން ވެސް މަސައްކަތެއް ނުކުރާ ކަމަށެވެ. އަދި، އެ ތަނުގައި އެވަގުތު ހަރަކާތްތެރިވި ބައެއް ފުލުހުންވެސް އަނިޔާ ކުރި ކަމަށް އޭނާ ތުހުމަތު ކުރެ އެވެ.
އެ ތުހުމަތުތަކާއެކު ފުލުހުން ބުނީ އަނިޔާ ލިބެމުން ދިޔަ މީހަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވި ފުލުހުންގެ ތެރެއިން ފުލުހަކު، ފުލުހުންގެ ދައުރު އަދާކުރުމުގައި އިހުމާލުވެ އަހުލާގީ މިންގަނޑުން ބޭރުން އަމަލުތައް ބަހައްޓާފައިވާތީ އެކަމާ ގުޅޭގޮތުން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
އެ މާރާމާރީއާ ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައި ވަނީ އެންމެ މީހަކު އެވެ.
އެއީ ހުއްޓުވަންދިޔަ ފުލުހުންނާ މާރާމާރީ ހިންގި މައްސަލާގައި ހައްޔަރު ކުރި 22 އަހަރުގެ ދިވެހި ފިރެހެނެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ގެންދިއުމުން 10 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް އެ މައްސަލާގައި ތުހުމަތުގައި އެ ރަށު މީހުން އަނިޔާކޮށް މާރާމާރީ ހިންގި މައްސަލާގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
Comment