Advertisement

ދިއްފުށީގައި ފުލުހުން ގައިގައި ތެޅި 22 އަހަރުގެ މީހަކު ހައްޔަރުކޮށްފި

18 ޖުލައި 2022 - 11:17 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ކ.ދިއްފުށި--


ދިއްފުށީގައި ފުލުހުން ގައިގައި ތެޅި 22 އަހަރުގެ މީހަކު ހައްޔަރުކޮށްފި

18 ޖުލައި 2022 - 11:17 0

ކ. ދިއްފުށީގައި އާންމުންގެ ބަޔަކު އެއްވެގެން، މީހަކަށް ވަރަށް އަނިޔާ ކުރަމުންދަނިކޮށް އޭނާ ސަލާމަތް ކުރަން އުޅުނު ފުލުހުންނަށް އަނިޔާކުރި މީހަކު ހައްޔަރުކޮށްފި އެވެ.

ދިއްފުށީގައި ހަމަލާ ދިނީ އެ ރަށަށް ދަތުރު ގޮސް އުޅުނު މީހަކަށް، ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު އެޅުވުމަށްފަހު އެވެ.

ފުލުހުންނާ މާރާމާރީ ހިންގި މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ 22 އަހަރުގެ ދިވެހި ފިރެހެނެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ގެންދިއުމުން 10 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް އެ މައްސަލާގައި ތުހުމަތުގައި އެ ރަށު މީހުން އަނިޔާކޮށް މާރާމާރީ ހިންގި މައްސަލާގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނެ ދިއްފުށީގައި މާރާމާރީ ހިންގި މީހާއަށް ވަނީ ވަރަށް ބޮޑެތި އަނިޔާތައް ވެފަ އެވެ. އެގޮތުން އޭނާގެ މޫނު މަތި ދުޅަވެފައި ވާއިރު އެނާގެ ވާތު ލޮލަށް ވެސް ވަނީ ގެއްލުން ވެފަ އެވެ.

މިހާރު ދައުރުވަމުންދާ ވީޑިއޯގައި އަނިޔާ ލިބުން މީހާ ބުނެފައި ވަނީ އޭނާއަށް އަނިޔާ ކުރީ ފުލުހުންގެ ކުރިމަތީގައި ކަމަށާއި ހުއްޓުވަން ފުލުހުންވެސް މަސައްކަތެއް ނުކުރާ ކަމަށެވެ. އަދި އެ ތަނުގައި އެވަގުތު ހަރަކާތްތެރިވި ބައެއް ފުލުހުންވެސް އަނިޔާ ކުރި ކަމަށް އޭނާ ތުހުމަތު ކުރެ އެވެ.

ނަމަވެސް ފުލުހުން ބުނީ އެއްވެސް ފުލުހަކު އޭނައަށް އަނިޔާ ނުކުރާ ކަމަށައި ފުލުހުން މަސައްކަތް ކުރީ ހުއްޓުވަން ކަމަށެވެ.

އަދި އެ ރަށު ހޮސްޕިޓަލުން ފަރުވާ ދިނުމަށް ދެކޮޅު ހެދި ކަމަށްވެސް އޭނާ ބުންޏެވެ.