Advertisement

ހައި ކޯޓުގެ ގޮފިތައް އުވާލަން ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

17 ޖުލައި 2022 - 12:31 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ހައި ކޯޓު: ހައި ކޯޓުގެ އުތުރު ގޮފި އަދި ދެކުނު ގޮފި އުވާލާ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި - ފޮޓޯ: އަދަދު


ހައި ކޯޓުގެ ގޮފިތައް އުވާލަން ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށްފި

17 ޖުލައި 2022 - 12:31 0

ހދ. ކުޅުދުއްފުށި ސިޓީގައި ގާއިމްކޮށްފައި ހުރި ހައި ކޯޓުގެ އުތުރު ގޮފި އަދި އައްޑޫ ސިޓީ ހުޅުމީދޫގައި ގާއިމްކޮށްފައިވާ ހައި ކޯޓުގެ ދެކުނު ގޮފި އުވާލާ ގޮތަށް ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނެސްފައިވާ ބިލު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

އެ އިސްލާހު ތަސްދީގު ކުރުމުން ސަރުކާރުގެ ގެޒެޓްގައި އިސްލާހު ވަނީ ޝާއިއުކޮށްފަ އެވެ. ބިލުގައިވާ ގޮތުން ބިލު ތަަސްދީގު ކުރާ ދުވަހުން ފެށިގެން ހައި ކޯޓުގެ ދެކުުނު ގޮތްޕާއި އުތުރު ގޮފި އުވި، އެ ދެ ގޮފިން ކުރަމުން އައި މަސައްކަތްތައް ހައި ކޯޓަށް ބަދަލުވާނެ އެވެ.

ރާއްޖޭގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ނިންމެވުމެއްގެ މަތިން ހައިކޯޓުގެ ދެކުނު ގޮފީގެ މަސައްކަތް ފަށާފައިވަނީ ޑިސެމްބަރު 16، 2015 އެވެ. އުތުރުގޮފި ހުޅުވުނީ އޮކްޓޯބަރު 22، 2018 ގަ އެވެ.

ހައިކޯޓުގެ ދެކުނު ގޮފިން ބަލާނީ ގއ. ގދ. ޏ އަދި ސ. އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތެރެއިން އިސްތިއުނާފު ކުރުމަށް ހުށަހެޅޭ މައްސަލަތަކެވެ.

އުތުރު ގޮފީން ބަލަމުން ގެންދަނީ، ހއ، ހދ، ށ، ނ، ރ، އަދި ބ، މި އަތޮޅުތަކުގެ މެޖިސްޓްރޭޓު ކޯޓުތަކުން ނިންމާ މައްސަލަތުކުގެ ތެރެއިން އިސްތިއުނާފު ކުރުމަށް ހުށަހެޅޭ މައްސަލަތަކެވެ.

ހައި ކޯޓުގެ އުތުރު އަދި ދެކުނު ގޮތްޕެއް ހުޅުވައިގެން އެ ސަރަހައްދުތަކުގެ މައްސަލަތައް އެ ގޮފިތަކުން ބަލަމުން ދިޔަ ނަމަވެސް އެ ގޮފިތަކުގައި ފަނޑިޔާރުން ނުތިއްބަވަ އެވެ. އެ ގޮފިތަކުގައި މައްސަލަތައް ކުރިއަށް ގެންދިޔައީ މާލޭގައި ތިއްބަވާ ފަނޑިޔާރުން އެ ސަރަހައްދަށް ގޮސްގެންނެވެ.