Advertisement

މުދާ އުފުލާ މަތިންދާބޯޓެއް ގްރީސްއަށް ވެއްޓިއްޖެ

17 ޖުލައި 2022 - 10:15 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ވެއްޓުނީ އެންޓޮނޯވް-12 މަތިންދާބޯޓެއް: މަންޒަރު ދުށް މީހުން ބުނީ ވެއްޓުމުގެ ކުރިން ވެސް ބޯޓުގައި އޮތީ ރޯވެފައި ކަމަށް. -- ފޮޓޯ: އީޕީއޭ


މުދާ އުފުލާ މަތިންދާބޯޓެއް ގްރީސްއަށް ވެއްޓިއްޖެ

17 ޖުލައި 2022 - 10:15 0

މުދާ އުފުލާ މަތިންދާބޯޓެއް ގްރީސްގެ އުތުރުގައި އޮންނަ ކަވާލާ ސިޓީ ކައިރިއަށް ވެއްޓިފައިވާ ކަމަށް އޮފިޝަަލުން ބުނެފި އެވެ.

ޔޫކްރެއިންގެ ކުންފުންޏަކުން އޮޕަރޭޓް ކުރާ އެންޓޮނޯވް-12 ބޯޓު ހޮނިހިރު ދުވަހު ވެއްޓުނު އިރު ދަތުރު ކުރަމުން ދިޔައީ ސާބިއާއިން އުރުދުން އަށެވެ.

ބޯޓުގަައި ތިބި މީހުންގެ އަދަދު ސާފެއް ނޫނެވެ. އަދި އޭގެން އެއްވެސް މީހަކު ސަލާމަތްވި ކަމެއް ވެސް އަދި ނޭނގެ އެވެ.

ގްރީސްގެ އީއާރްޓީ ޗެނަލުން ބުނީ ބޯޓުގައި 12 ޓަަނުގެ މުދާ ހުރި ކަމަށާއި އެއީ ނުރައްކާތެރި މުދަލުގެ ގޮތުގައި ބެލެވިދާނެ ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން އިންޖީނަށް މައްސަލައެއް ދިމާވެ އެމެޖެންސީކޮށް ކަވާލާ އެއާޕޯޓަށް ޖައްސަން ޕައިލެޓް އެދުނެވެ. ނަަމަވެސް ރަންވޭއާ ހަމައަށް ދިޔުމުގެ ކުރިން ބޯޓު ވެއްޓުނީ އެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުން ބޯޓުގައި އަށް މީހުން ތިބި ކަމަށް ބެލެވެ އެވެ.

އާއްމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ބޯޓު ބިމަށް ވެއްޓެމުން ދިޔަ އިރު ވެސް އޭގައި އޮތީ ރޯވެފަ އެވެ. ބިމަށް ވެއްޓުމާ އެކު ބޮޑު ގޮވުމެއްގެ އަޑު އިވުނެވެ.

އޮފިޝަލުން ބުނި ގޮތުގައި އަލިފާން ނިއްވާ ހަތް ލޮރީ ހަރަކާތްތެރިވާން ފެށި ނަމަވެސް، ބޯޓު ވެއްޓުނު ހިސާބުގައި ގިނަ ގޮވުންތަކެއް ގޮވަމުން ދާތީ ކައިރިވެވޭ ގޮތެއް ނުވެ އެވެ.

ގްރީސްގެ ހާއްސް ޓީމަކުން ތަހުގީގު ފަށާފަައިވާ އިރު، ޔޫކްރެއިން، ސާބިއާ އަދި އުރުދުންއިން ވެސް މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.