Advertisement

ކޮވިޑް ވެކްސިން ޖަހައިގެން ހާލު ސީރިއަސްވި 13 މީހަކަށް ފަރުވާ ދޭންޖެހުނު

8 ޖުލައި 2022 - 22:08 1

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ކޮވިޑަށް ޖަހާ ވެކްސިން ޖަހަނީ: މިހާތަނަށް ފުރަތަމަ ޑޯޒް ޖަހާފައި ވަނީ 398،910 މީހުން--- ފޮޓޯ: އަދަދު


ކޮވިޑް ވެކްސިން ޖަހައިގެން ހާލު ސީރިއަސްވި 13 މީހަކަށް ފަރުވާ ދޭންޖެހުނު

8 ޖުލައި 2022 - 22:08 1

ކޮވިޑުން ދިފާއުވުމަށް ޖެހި ވެކްސިނުން ހާލު ބޮޑުވި 13 މީހަކަށް ފަރުވާ ދޭންޖެހުނު ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ރާއްޖޭގައި 2020ވަނަ އަހަރު މާޗްމަހު ފެތުރެން ފެށި ކޮވިޑުން އަރައިގަނެ އެންމެންގެ ރައްކާތެރިކަމަށް ވެކްސިން ޖަހަން ފެށީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ.

އަދި އެ ފަހުން ވެކްސިން ނުޖަހާ މީހުން ހިދުމަތް ހޯދުމުގައި ދަތިތަކެއް ކުރިމަތި ކުރުވި އެވެ. އެގޮތުން ވެކްސިން ނުޖަހާ މީހުންނަށް އަންނަ ކެފޭތަކާއި ހޮޓާ އަދި ރެސްޓޯރަންޓުތަކުގައި ތިބެ ހިދުމަތް ނުދިނުމާއި ޖިމްތަކާއި ސެލޫންތަކާއި ސިނަމާތަކަށް ވެސް ނުވަދެވޭ ގޮތަށް އުސޫލެއް ހެދި އެވެ.

ވެކްސިން ނުޖަހާ ނަމަ އޮފީސްތަކަށް ދިއުމުގައި ވެސް ދަތިތަކެއް ކުރިމަތިވާ ގޮތަށް އުސޫލް އެކުލަވާލައި، އެ މުވައްޒަފުން ކޮންމެ ދެ ހަފުތާއަކުން ޕީސީއާރު ޓެސްޓް ހުށަހަޅަން އެންގި އެވެ.

ކޮވިޑު ވެކްސިނާ ގުޅޭގޮތުން ހެލްތު މިނިސްޓްރީން ފޯރުކޮށްދީފައިވާ މައުލޫމާތަށް ބަލާއިރު، ކޮވިޑު ވެކްސިނުގެ ސައިޑް އިފެކްޓެސްގެ ގޮތުގައި ޖުމްލަ 104 ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ސީރިއަސް އެޑްވާސް އިވެންޓްސްގެ ގޮތުގައި ހިމެނޭ 13 މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

ރިޕޯޓުކުރި ސީރިއަސް 13 މައްސަލައިގެ ތެރޭގައި ހިމެނެނީ:

  • ޓެކީ ކާޑިއާ
  • ނޭވާ ހާސްވުން/ކުރުވުން
  • އާދަޔާ ހިލާފަށް ކަރުތެރެ އަދި ގައި ހިރުވުން
  • ކަރުތެރެ ދުޅަވުން
  • މެޔަށް އުނދަގޫވުން
  • އެންޖިޔޯ އެޑީމާ
  • ލޭގެ ޕްރެޝަރު ދަށްވުން

އެހެނިހެން ބޭސްތަކާއި ވެކްސިންތަކެކޭ އެއް ފަދައިން، ކޮވިޑު ވެކްސިން ޖަހައިގެން ނިސްބަތުން މަދު ބަޔަކަށް އޭގެ ސައިޑް އިފެކްޓްސް ބޮޑުވަރުވެ އެވެ. ރާއްޖޭގައި ވެސް ކޮވިޑު ވެކްސިން ޖެހި މީހުންގެ އަދަދަށް ބަލާއިރު، ސައިޑް އިފެކްޓްސް ސީރިއަސްވެފައިމިވަނީ ނިސްބަތުން ވަރަށް މަދު ބަޔަކަށެވެ.

އެޗްޕީއޭން އެންމެ ފަހުން އާންމު ކޮށްފައިވާ ވެކްސިންގެ މައުލޫމާތު ތަކަށް ބަލާއިރު، ފުރަތަމަ ޑޯސް 398،910 މީހުން ޖަހާފައިވެ އެވެ. އެއީ ރާއްޖޭގެ އާބާދީގެ 88.10 ޕަސެންޓު މީހުންނެވެ.

ދެވަނަ ޑޯޒް 384،595 މީހުން ޖަހާފައި ވާއިރު އެއީ އާބާދީގެ 84.94 ޕަސެންޓް މީހުންނެވެ. އަދި ބޫސްޓާ ޑޯޒް ޖަހާފައި ވަނީ އާބާދީގެ 36.34 ޕަސެންޓެވެ. އެއީ 164،555 މީހުންނެވެ. އަދި ބޫސްޓާގެ ދެވަނަ ޑޯޒް ޖެހީ 405 މީހުންނެވެ.

ނަމަވެސް، ވެކްސިން ޖެހުމާ ދެކޮޅު ބައެއް މީހުން އެކަމާ ނުރުހުންފާޅު ކޮށްފައިވާއިރު، ކޮވިޑް ވެކްސިން ޖަހަން ރާއްޖޭގައި މަޖުބޫރު ކުރުމުން މައްސަލައެއް ވަނީ ކޯޓަށްވެސް ހުށަހަޅާފަ އެވެ. އެ މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ އެފަދަ ކަމެއް ކުރާނަމަ ކުރަން ޖެހޭނީ އަމިއްލަ ރުހުމުގައި ކަމަށް ބުނެ އެވެ. މަޖުބޫރު ކަމެއް އޮވެގެން ވެކްސިން ޖަހަން ނުޖެހޭނެ ކަމަށް ބުނެ އެވެ.

އޭނާގެ މައްސަލާގައި އިތުރަށް ބުނެފައި ވަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެކްސިން ޖެހުމުން އެ އަންނަ ބަދަލުތަކަށް ނުވަތަ ލިބޭ އަނިޔާ ތަކަށް ފަރުވާދީ ބަލަހައްޓާނެ ނިޒާމުތަކަކާއި ގާނޫނުތަކެއް ހަދާފައި ހުންނަ ނަމަވެސް ރާއްޖޭގައި މިފަދަ އެއްވެސް ކަމެއް ނެތް ކަމަށެވެ.

ވެކްސިން ޖެހުމާ ދެކޮޅު މީހުން ބުނާ ގޮތުންނަމަ ތަހުލީލު މަރުހަލާއެއްގައި އޮތް ވެކްސިނެއް މަޖުބޫރު ނުކުރުވޭނެ އެވެ.