Advertisement

ވިމްބަލްޑަން: އިނގިިރޭސިންގެ އުންމީދު އޮތީ ނޯރީއާ ގުޅިފައި

5 ޖުލައި 2022 - 13:11 0

ވިމްބަލްޑަން މެޗެއްގެ ތެރެއިން ނޯރީ: ފިރިހެން ސިންގަލްސް ބައިގެ ކުއާޓާގައި ފެންނާނެ ހަމައެކަނި އިނގިރޭސި ކުޅުންތެރިއަކީ ނޯރީ.-- ފޮޓޯ: އޭއެފްޕީ


ވިމްބަލްޑަން: އިނގިިރޭސިންގެ އުންމީދު އޮތީ ނޯރީއާ ގުޅިފައި

5 ޖުލައި 2022 - 13:11 0

ލަންޑަން (ޖުލައި 5) - މިހާރު ކުރިއަށްދާ އަހަރުގެ ތިން ވަނަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް، ވިމްބަލްޑަންގެ ކުއާޓާ ފައިނަލް މެޗުތަކަށް ނުކުންނަން ތައްޔާރުވާއިރު، މުބާރާތުގެ ސިންގަލްސް ބައިގައި ދެމި އޮތް ހަމައެކަނި އިނގިރޭސި ކުޅުންތެރިއަކީ، ކެމަރަން ނޯރީ އެވެ.

ނޯރީ ކުއާޓާ ފައިނަލުން ފުރުސަތު ހޯދީ ހަތަރު ވަނަ ބުރުގައި އެމެރިކާގެ ޓޮމީ ޕޯލް 6-4 7-5 6-4 އިން ބަލިކޮށްގެންނެވެ. ގްރޭންޑް ސްލޭމް ޓެނިސް މުބާރާތެއްގެ ކުއާޓާގައި ފުރަތަމަ ފަހަރަށް، ނޯރީ ވާދަކުރާއިރު، އޭނާ ނުކުންނާނީ ބެލްޖިއަމްގެ ޑޭވިޑް ގޮފިންއާ ދެކޮޅަށެވެ.

ގޮފިން އަތުން މޮޅުވެ، ނޯރީ ސެމީ އަށް ގޮސްފިނަމަ އޭނާ ވެެގެންދާނީ 2016 ވަނަ އަހަރަށް ފަހު ވިމްބަލްޑަން ސެމީގައި ފެންނާނެ ފުރަތަމަ އިނގިރޭސި ކުޅުންތެރިޔާ އަށެވެ.

"އަހަންނަކީ އެންމެ ފަހަށް ހުރި އިނގިރޭސި ކުޅުންތެރިއަކީ، ޔަގީނުން ވެސް، ސަޕޯޓަރުންގެ އެހީއާ ލައިގެން އަހަންނަށް ގައުމު ފަހުރުވެރި ކުރެވޭ ވަރުގެ ކާމިޔާބެއް ހޯދޭނީ،" ނޯރީ، 26، ބުންޏެވެ.

އެންމެ ފަހުން ވިމްބަލްޑަންގެ ކުއާޓާގައި ވާދަކުރި އިނގިރޭސި ކުޅުންތެރިންނަކީ ފިރިހެން ސިންގަލްސްގައި 2017 ވަނަ އަހަރު ފެނުނު، އެންޑީ މަރޭ އާއި 2019 ވަނަ އަހަރު އަންހެން ސިންގަލްސްގައި ވާދަކުރި ޖޮއާނާ ކޮންޓާ އެވެ.

ވިމްބަލްޑަންގެ ފިރިހެން ސިންގަލްސްގެ ކުއާޓާގައި ގޮފިން އާއި ނޯރީގެ އިތުރުން ދެން ވާދަކުރަނީ ސާބިއާގެ ނޯވަކް ޖޮކޮވިޗާއި އިޓަލީގެ ޖެކް ސިނާ، ސްޕެއިނުގެ ރަފައެލް ނަޑާލް، ޗިލީގެ ކްރިސްޓިއަން ގާރިން، އޮސްޓްރޭލިއާގެ ނިކް ކިރްގިއޯސް އަދި އެމެރިކާގެ ޓޭލާ ފްރިޓްޒް އެވެ. އަންހެން ސިންގަލްސްގެ ކުއާޓާ އިން ޖާގަ ހޯދާފައިވަނީ އޮސްޓްރޭލިއާގެ އަޖްލާ ޓޮމްލްޖަނޯވިކް، ކަޒަކްސްތާންގެ އެލީނާ ރިބަކީނިއާ، ރުމޭނިއާގެ ސިމޯނާ ހަލެޕް، އެމެރިކާގެ އަމަންޑާ އަނިސިމޯވާ، ޗެކް ރިޕަބްލިކްގެ މޭރީ ބޫޒްކޯވާ، ޓިއުނީޝިއާގެ އޮންސް ޖެބޯ އަދި ޖަރުމަނުގެ ޓަޓިއާނާ މާރިއާ އަދި ޖޫލް ނިއެމިއޭ އެވެ.