4 ޖުލައި 2022 - 07:00 0
މުހައްމަދު އުޝާމް
4 ޖުލައި 2022 - 07:00 0
އަނބިމީހާއަށް މީހަކު އަނިޔާކޮށް ތޫނު ވަޅިއަކުން ހަމަލާ ދިން މައްސަލާގައި ށ. ފޭދޫ، ރޭޑިއަމްގެ އާދަމްގެ މައްޗަށް ދައުވާކޮށް ފޭދޫ މެޖިސްޓްރޭޓް ކޯޓަށް މިދިޔަ ބުރާސްފަތި ދުވަހު އެ މައްސަލަ ހުށަހަޅައިފި އެވެ.
އާދަމްގެ އަނބިމީހާއަށް އޭނާ ހަމަލާ ދިން ކަމަށް ފުލުހަށް ރިޕޯޓް ކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ ދެވަނަ ދުވަހުގަ އެވެ. މި ކަމެއް ހިނގައިދިޔައީ ދެމަފިރިން ދިރިއުޅެމުން ދިޔަ ރޭޑިއަމް ގޭގަ އެވެ.
ޕަބްލިކް ޕްރޮސެކިއުޓަރު އަހްމަދު ޝަފީއު މީޑިއާތަކަށް ހިއްސާކުރެއްވި މެސެޖްގައިވާ ގޮތުން އާދަމްގެ މައްޗަށް އުފުލި ދައުވާއަކީ ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ.
"ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ 30 ޖޫން 2022 ދުވަހު ށ. ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފިން،" ޝަފީއު ފޮނުވި މެސެޖްގައިވެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment